ކުނބުރުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވަނީ...

އދ. ކުނބުރުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އައިމިނަތު
08 Oct 2025
ހަބަރު

އދ. ކުނބުރުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި މާލީ ވަޒީރު މޫސާ ޒަމީރުއެވެ.

މި މަޝްރޫޢުގެ ދަށުން އަލަށް އިތުރުކުރެވޭ އިމާރާތާއި، ގަރާޖަކާއި ވަށާފާރު ރޭނުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢު ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 8.17 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތުގެ މުއްދަތަކީ 300 ދުވަހެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ނިޒާމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމާއި، އައު ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާނެ ވަސީލަތްތައް ހޯދުން ހިމެނެއެވެ.

ސިއްޙީ ދާއިރާއަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ދާއިރާއެވެ.

ކޮމެންޓް
އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފޭދޫ ޞިއްޙީ މަރުކަޒުގައެވެ.
14 Oct 2025
ހަބަރު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ބަދަލުކުރަން ނިންމައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެމްބަރު މަސް ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން, ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް މާދަމާއިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
14 Oct 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. ފޭދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފޭދޫއަށް ވަޑައިގެންފިއެވެ.
14 Oct 2025
ހަބަރު
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، މި ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ.
14 Oct 2025
ހަބަރު