ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުނބުރުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ކުނބުރުދޫގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް

އައިމިނަތު
08 Oct 2025
ހަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ އަހަރު އދ އަތޮޅު ކުނބުރުދޫގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގާނެ ކަމަށް އިއުލާން ކުރައްވައިފިއެވެ.

އދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުނބުރުދޫގެ ރައްޔިތުންނާއެކު ބޭއްވި ކޮމިއުނިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ކުރިއެރުމަށް މުހިންމު މަޝްރޫއުތަކާއި އަލަށް ފެށުމަށް ސޮއިކުރާ މަޝްރޫއުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު ހިނގަމުންދާ ތަރައްޤީގެ މަސައްކަތްތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ.

"އިރާދަކުރެއްވިއްޔާ މި މަޝްރޫއުތައް ހިންގަނީ ރަށަށް ކުރިއެރުންތަކެއް ގެނައުމަށް. އަޅުގަނޑުމެންގެ ސިޔާސަތަކީ އާބާދީ ކުޑަ ނަމަވެސް ތަފާތުކުރުމެއް ނެތި ކަންކަން ކުރުން،"

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ފާހަގަކުރެއްވި ގޮތުގައި ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ސަރަހައްދެއްގައި 600 އަށް ވުރެ މަދު މީހުންގެ އާބާދީއެއް އޮންނަ، އަތޮޅުގެ އެންމެ ކުޑަ ރަށް، ކުނބުރޫދޫއަށް ޕްލޭންކޮށްފައިވާ ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުން ރަށަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއާ ބެހޭ ގޮތުން ރައީސް ތަފްޞީލު ދެއްވަމުން ވިދާޅުވީ، ރާވާފައިވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމުގެ ކުރިންވެސް، ލިބެންހުރި ބިންތައް ވަޒަންކުރުމަށްފަހު، އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫޢު ހިމަނާނެ ކަމަށެވެ.

"ބިން ހިއްކުމުގެ ކުރިން ވެސް އަޅުގަނޑުމެން މި ރަށުގައި މިހާރު ހުރި ބިމުން ލިބޭ ޖާގައަށް ބަލައި، މި ރަށުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން،" 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މި ބައްދަލުވުމުގައި ކުނބުރުދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން ސްކޫލް މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، މި ދެ މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އަށެވެ.

ބޯހިޔާވަހިކަމާއި މައިގަނޑު އިންފްރާސްޓްރަކްޗަރުގެ އިތުރުން އާ ފުޓްބޯޅަ ދަނޑަކާއި މަލްޓިޕާޕަސް ކޯޓެއް ރައީސް އިފްތިތާހު ކުރެއްވީ، މި ވަސީލަތްތަކުގެ ސަބަބުން ރަށުގެ ކުޅިވަރަށް ލޯބިކުރާ ޒުވާން ފަރާތްތަކަށް ބޮޑެތި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ފާހަގަކުރައްވަމުންނެވެ.

ކުނބުރުދޫގައި ޤާއިމް ކުރެވުނު މަލްޓި ޕާޕަސް ކޯޓު ހުޅުއްވައިދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅުގައި، އެ ރަށު ސިއްޙީ މަރުކަޒުގެ އާ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އެޅުމުގެ ކުރިން، އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ރަސްމީކޮށް އެ އަތޮޅުގައި ހުންނަ 'ފޮފަޅަގައު' ކުނބުރުދޫ ކައުންސިލާ ހަވާލުކުރައްވާ އެއީ އެރަށުގެ ބައެއްގެ ގޮތުގައި ނިންމަވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު