"ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ގެ ނަމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ކުރިއަށް ގެންދެވުނު އެކްޒިބިޝަންގެ ތެރެއިން..

"ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް"ގެ ނަމުގައި ޕޮލިޓެކްނިކްގެ ފޮޓޯ އެގްޒިބިޝަނެއް ބާއްވައިފި

އައިމިނަތު
08 Oct 2025
ހަބަރު

"ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ގެ ނަމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ދިވެހިރާއްޖޭގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ (ޓިވެޓް) ދާއިރާއަށް ބައިގަރުނު ފުރުމުގެ މުނާސަބަތުގައި ފޮޓޯ އެކްޒިބިޝަނެއް ބާއްވައިފިއެވެ.

މި މަހު 7 އަދި 8 ވަނަ ދުވަހު އާންމުންނަށް ހުޅުވާލައިގެން ބޭއްވުނު މި ފޮޓޯ އެކްޒިބިޝަން މެދުވެރިކޮށް ދިވެހިރާއްޖޭގެ ތާރީޚުގައި ޓިވެޓް ދާއިރާއަށް ލިބިފައިވާ ކުރިއެރުންތަކާއި ލިބިފައިވާ ކާމިޔާބީތައް ވަނީ ހުށައަޅައިދީފައެވެ. މީގެ އިތުރުން، މުސްތަޤްބަލުގައި ޓިވެޓް ދާއިރާ ތަރައްޤީކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ކުރުމަށް ރޭވިފައިވާ މަސައްކަތްތަކާއި ގުޅޭ ފޮޓޯތައް މި އެކްޒިބިޝަންގައި ހިމަނާފައިވެއެވެ.

ދިވެހިރާއްޖޭގެ ނައިބު ރައީސް، ޢަލްއުސްތާޡް ހުސައިން މުޙައްމަދު ލަތީފް އިފްތިތާޙްކޮށްދެއްވި މި އެގްޒިބިޝަންގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަހްމަދުގެ އިތުރުން ދަޢުލަތުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު