ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

3000ން ދަށުގެ އާބާދީތަކަށް 3 ކައުންސިލަރުން ފުދޭ: ރައީސް

އައިޝަތު ޝިއުރާ
20 Jul 2024
ހަބަރު

އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށްރަށަށް ތިން ކައުންސިލަރުން ފުދޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވާއިރު، މި ރަސްމިއްޔާތުގައި ވާހަކަފުު ދައްކަވަމުން ކައުންސިލުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، އެ ބަދަލުތައް ގެނައުމަށްޓަކައި ކަމާ ބެހޭ އިދާރާތަކުން މަސައްކަތްކުރަމުން އަންނަ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ކައުންސިލުތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރަން ޖެހޭ ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ 3،000 މީހުންނަށް ވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އިންތިޚާބު ކުރުމުން ފުދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑު ހިތުން 3000 މީހުންނަށްވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި، 3 ބޭފުޅަކު، 3 މީހަކު، އިންތިޚާބު ކުރީމާ ފުދޭނެ. ކައުންސިލްގެ ރައީސަކާއި، އަދި އިތުރު 2 ބޭފުޅުން. އޭގެތެރެއިން 1 ބޭފުޅަކީ، އަންހެނުންގެ ފަރާތުން އިންތިޚާބު ކުރާ އަންހެނުންގެ ރައީސާއަކަށްވުމާއި، އަދި 1 ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިޚާބު ކުރެވޭ، ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ މީހަކަށްވެ، 3 ބޭފުޅުން ތިބެ، ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް، ދެން ހޮވާ 2 ބޭފުޅުންގެ ތެރެއިން ކައުންސިލްގެ ނައިބު ރައީސް، އެ ވޯޓުގެ ތެރެއިން ރައްޔިތުން ޚިޔާރު ކުރީމާ، ކައުންސިލްގެ ރައީސަކާއި، ނައިބު ރައީސަކާ ހުރެ، އަދި އިތުރު ބޭފުޅަކު ހުންނާނެ. އަންހެނުން ރިޕްރެޒެންޓް ކުރެވި، ޒުވާނުން ރިޕްރެޒެންޓް ކުރެވިގެންވެސް އެބަދޭ. 3000 މީހުންނަށްވުރެ ބޮޑު ނޫން އާބާދީތަކުގައި.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ މާލޭގައި ކޮންމެ 3،000 މީހަކަށް ކައުންސިލަރެއް ހުރުން ރަނގަޅު ވާނެ ކަމަށާއި، 3،000 އާއި 10،000 ދެމެދުގެ އާބާދީއެއް އޮންނަ ރަށްރަށުގައި ފަސް ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފޭދޫ ޞިއްޙީ މަރުކަޒުގައެވެ.
14 Oct 2025
ހަބަރު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ބަދަލުކުރަން ނިންމައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެމްބަރު މަސް ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން, ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް މާދަމާއިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
14 Oct 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. ފޭދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފޭދޫއަށް ވަޑައިގެންފިއެވެ.
14 Oct 2025
ހަބަރު
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، މި ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ.
14 Oct 2025
ހަބަރު