ސެޕްޓެމްބަރު 3, 2024 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވި އާ ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން އިސްލާހުކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީގެ ޝަރުތުތައް ޝާއިއުކޮށްފައިވާކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން އިއުލާންކޮށްފިއެވެ.
ނަވާރަސްތޭކަ ހަތްދިހަ ނުވަވަނަ ވަނަ އަހަރުގެ ގާނޫނުގެ ބަދަލުގައި ނެރުނު އާ ގާނޫނުގައި ބޭރުގެ އިންވެސްޓަރުންނަށް ޒަމާނީ، ހާމަކަން ބޮޑު އޮނިގަނޑެއް ތަޢާރަފްކޮށް، އިންވެސްޓްމަންޓް ސެކިއުރިޓީ އިތުރުކޮށްދީ، ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެއެވެ. މި ގާނޫނުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ވަރުގަދަވެ، ދެމެހެއްޓެނިވި، ހުރިހާ އެންމެން ހިމެނޭ އިގްތިސާދެއް އުފަންކުރެވިގެންދާނެއެވެ.
ވަޒީރުންގެ މަޖިލީހުން އެންޑޯސްކޮށް އިސްލާހުކޮށްފައިވާ "ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް" އަކީ ރާއްޖޭގެ އިގްތިސާދު ތަފާތުކޮށް، ރައްޔިތުން ބާރުވެރިކުރުމަށާއި، މަތީ ފެންވަރުގެ އިންވެސްޓްމަންޓްތަކަށް ޝައުގުވެރި ކުރުވުމަށް ސަރުކާރުގެ ތަރައްގީގެ އެޖެންޑާގެ މުހިންމު މަސައްކަތެކެވެ. މި އިސްލާހުތަކުން ދައްކުވައިދެނީ ބޭރުގެ ރައުސުލްމާލާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި އިތުރަށް ފުރުސަތު ހުޅުވާލެވިފައިވާ ގޮތް ފަހިކޮށްދިނުމާއި، އެތެރޭގެ ކެޕޭސިޓީ ހުރި ސިނާއަތްތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމެވެ.
މި ބަދަލުތައް ތިން ކެޓަގަރީއަކަށް ބަހާލާފައިވާއިރު، އެއީ ބޭރުގެ މިލްކުވެރިކަމަށް ފުރިހަމައަށް ހުޅުވާލެވިފައިވާ ދާއިރާތަކާއި ޖޮއިންޓް ވެންޗާތަކުގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓަށް ބަންދުކޮށްފައިވާ ދާއިރާތަކެވެ. މި ކެޓަގަރީތައް ކަނޑައެޅުމުގައި، ކެބިނެޓްގެ ފުޅާ މަޝްވަރާތަކަށް ފަހު، ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމާ އެއްގޮތަށް، ސިނާއަތުގެ މަންދޫބުންނާއި އިންވެސްޓަރުންނާ ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި މަޝްވަރާތަކުގައި ގައުމީ ސަލާމަތަށް ކުރާނެ އަސަރުތަކާއި، މާކެޓްގެ ވާދަވެރިކަމާއި، ލޯކަލް ވިޔަފާރިތައް ތައްޔާރަށް ހުރުމާއި، ބޭރުގެ ރައުސުލްމާލާއި ތަޖުރިބާގެ ބޭނުންތެރިކަމާއި، އުފެއްދުންތެރިކަމަށް ދިގު މުއްދަތަކަށް ޙިއްޞާކުރުމާއި، ހިއުމަން ކެޕިޓަލް ތަރައްޤީކުރުމާއި ވަޒީފާގެ ފުރުޞަތުތަކަށް ބަލާފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހީންގެ ހުނަރާއި ތަޖުރިބާ ވަރުގަދަ ކަމަށް ބެލެވޭ ދާއިރާތައް ދިވެހީންނަށް ހާޢްސަ ކުރެވި ނުވަތަ އިންވެސްޓްމެންޓް ފުރުސަތު އައު ޝަރުތުތަކުގެ ތެރެއިން ހަނިކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ޓްރޭޑް، ލޮޖިސްޓިކްސް، ޕަބްލިކް މެރިޓައިމް ޓްރާންސްޕޯޓޭޝަންގެ ހިދުމަތް، ބަންކަރިންގެ ހިދުމަތްތަކުގެ އިތުރުން 15 މިލިއަން ޑޮލަރުގެ ދަށުން ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކާއި 100 މިލިއަން ޑޮލަރުގެ ދަށުން ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިމެނެއެވެ. މި ދާއިރާތަކުން ލޯކަލް ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކާއި އިންވެސްޓްމަންޓް ޕޮޓެންޝަލްތައް ހުރިކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރިއެވެ.
ކުރިން ބޭރުގެ އިންވެސްޓްމަންޓަށް ހުޅުވާލެވިފައިވާ ބައެއް ދާއިރާތައް މިހާރު އަލުން ގިންތިކޮށްފައިވާކަން ދެނެގަނެ، މިހާރު ތިބި އިންވެސްޓަރުންނަށް އެކަށީގެންވާ ޓްރާންސިޝަން އިންތިޒާމުތަކެއް ހަމަޖެއްސޭނެކަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. މި އިންތިޒާމުތަކަކީ އިންސާފުވެރި، ހާމަކަން ބޮޑު، އަދި ވަގުތު ކަނޑައެޅިފައިވާ އިންތިޒާމުތަކަކަށް ވާއިރު، އާންމުކޮށް ޓްރާންސިޝަން ޕީރިއަޑްތަކަކީ ދާއިރާއާއި އިންވެސްޓްމަންޓްގެ މިންވަރަށް ބަލާއިރު އެއް އަހަރާއި ހަތް އަހަރާ ދެމެދުގެ އިންތިޒާމުތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ޓްރާންސިޝަން އެޕްލިކޭޝަންތައް ވަޒަންކުރުމުގައި މިނިސްޓްރީން ބަލާނީ ކޮމިޓްކޮށްފައިވާ ރައުސުލްމާލާއި، މިހާރު ހުރި ގަވާއިދުތަކަށް އަމަލުކުރުމާއި، ރާއްޖޭގެ އިގްތިސާދަށް ޖުމްލަކޮށް ކުރާ ޙިއްޞާއެވެ. މި އުސޫލުގެ ސަބަބުން ލަފާކުރެވޭ ގޮތާއި އިންސާފުވެރިކަން ކަށަވަރުވެ، ސަރުކާރުގެ އާ ސިޔާސަތު މިސްރާބުތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައަށް މަތިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ދަށުން، އާ އިންވެސްޓްމަންޓް ޝަރުތުތަކުގެ ދަށުން، މިހާރު ރާއްޖޭގެ ތަޖުރިބާ މަދު ދާއިރާތަކުން ވެސް ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ލިބިގެންދާނެކަމަށެވެ.