ފީފާގެ ޓެކްނިކަލް ކޮމިޓީއަށް ތޯރިގު

އައިމިނަތު
09 Oct 2025
ހަބަރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތާރިގު ފީފާ ކައުންސިލުން ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި 2025–2029 ގެ ދައުރަށް އައްޔަންކޮށްފިއެވެ. 

ހޮނިހިރު ދުވަހު މީރުމާ ހޮޓަލުގައި ބޭއްވި އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްއަށް ނަން ހުށަހެޅީ ހަމައެކަނި ތޯރިގު އެވެ. އޭނާ ނޮމިނޭޝަން ހުށަހެޅީ ހުރިހާ މެމްބަރު ކްލަބުތަކެއްގެ ތާއީދާއެކުއެވެ.

ތޯރިގު 2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަން ކުރެއްވި ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަސް ނުވަނީސް އެކްސްކޯގެ ފަސް މެމްބަރަކު އެއްފަހަރާ އިސްތިއުފާ ދެއްވުމުން ތޯރިގުގެ އަޣުލަބިއްޔަތު ގެއްލުނެވެ.

އެފްއޭއެމްއިން ބުނެފައިވަނީ މި މަގާމަށް ތޯރިގު އައްޔަންކޮށްފައި ވަނީ މި މަހު 2 ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ. 

މިއީ މިފަދަ މަގާމަކަށް ދިވެއްސަކު އައި ފުރަތަމަ ފަހަރުކަމަށް ވާއިރު، ތޯރިގް ވެގެންދަނީ ފީފާގެ ދާއިމީ ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވާ ފުރަތަމަ ދިވެއްސަށެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު