އައި.ޔޫ.ސީ.އެން. ވަރލްޑް ކޮންޒަރވޭޝަން ކޮންގްރެސް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޚަލީލް ބައިވެރިވެވަޑައިގެންފި

އައިމިނަތު
10 Oct 2025
ހަބަރު

އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން.) އިން އަބޫދާބީގައި ބޭއްވި ވަރލްޑް ކޮންޒަވޭޝަން ކޮންގްރެސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ޕަލާއު ގެ ރައީސް ސުރަންގެލް ވިޕްސް ޖރ.، އެކުވެރި އަރަބި އިމާރާތުގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް ޑރ. އަމީނާ ބިންތި އަބްދުﷲ އަލް ދައްހަކް، ޕެނަމާގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޚުއާން ކަރލޯސް ނަވާރޯ، އައި.ޔޫ.ސީ.އެން.ގެ ރައީސް ރަޒާން އަލް މުބާރަކް ތަޤްރީރުކުރެއްވިއެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި އަބޫ ދާބީ ގެ ވަލީ އަޙްދު ޝެއިޚް ޚާލިދު ބިން މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އައި.ޔޫ.ސީ.އެން. އަކީ 1400 އަށްވުރެ ގިނަ މެމްބަރު ޖަމްޢިއްޔާތަކާއި 1700 އަށްވުރެ ގިނަ ތަޖުރިބާކާރުން ހިމެނޭ، ދުނިޔޭގެ އެންމެ ބޮޑު އެއް ތިމާވެށީގެ ނެޓްވަރކްއެކެވެ. މި ޖަމުޢިއްޔާގެ ސްޓޭޓް މެމްބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 2022 ވަނަ އަހަރެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މުހިންމު ފަސް ދާއިރާއަކަށެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކާއި، ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމާއި، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމާއި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.

ކޮމެންޓް
އިތުރު ލިއުން
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު