ފިލިޕީންސްއަށް އައި ބިންހެލުމަށް ފަހު ގެތައް ހަލާކުވެފައި / ފޮޓޯ: ޔޫއެސްއޭ ޓުޑޭ

ފިލިޕީންސްގެ ދެކުނަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އައިމިނަތު
10 Oct 2025
ހަބަރު

ފިލިޕީންސްގެ ދެކުނު އައްސޭރިފަށަށް 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ފިލިޕީންސް އާއި އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސުނާމީގެ އިންޒާރު ދީފައެވެ.

ފިލިޕީންސްގެ މެދުތެރެއާއި ދެކުނުގެ އައްސޭރިފަށުގެ ރަށްރަށުގެ ރައްޔިތުން އެތަން ދޫކޮށްލުމަށް އެންގީ އާންމުކޮށް އުދައަރާ ވަރަށްވުރެ މަތިން ރާޅުތަކެއް އަރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އިންޒާރު ދިނުމުންނެވެ.

މިއަދު ދުވަހުގެ ހެނދުނު އައި ބިންހެލުމުގައި މަދުވެގެން އެކަކު މަރުވެފައިވާއިރު، އެ ބިންހެލުމުގެ ސަބަބުން ފިލިޕީންސް ބައެއް ހިސާބުތަކުން ކަރަންޓް ކަނޑާލައި، ކްލާސްތައް މެދުކަނޑާލާފައިވެއެވެ.

އެންމެ ފަހުން ބިންހެލުން އައިސްފައިވަނީ ފިލިޕީންސްގެ މެދުތެރޭގެ ސެބޫ ޕްރޮވިންސަށެވެ. މި 6.9 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން 74 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެއެވެ.

ލޯކަލް މީޑިއާތަކުން ފެންނަ ފޫޓޭޖްތަކުން ފެންނަ ގޮތުގައި 7.5 މެގްނިޓިއުޑްގެ ބިންހެލުން އައި ހިސާބުން އުޅަނދުތައް ހުއްޓިގެން ދާއިރު އޯވަހެޑް ނެޓްވޯކް ކޭބަލްތައް ތެޅެމުން ދިޔައެވެ.

މި ބިންހެލުމާ ގުޅިގެން "ފަނާކުރަނިވި" އަދި "ފުރާނައަށް ނުރައްކާވާ" ސުނާމީ ރާޅުތަކެއް އަންނާނެ ކަމުގެ އިންޒާރު ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ދީފައިވީ ނަމަވެސް ހަވާއީގެ ޕެސިފިކް ސުނާމީ އިންޒާރުދޭ މަރުކަޒުން ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ވަނީ އެ ނުރައްކާ ފާއިތުވެފައިވާ ކަމަށް ބުނެފައެވެ.

ކައިރީގައި އޮންނަ އިންޑޮނޭޝިއާގައި ރާޅުތައް ފެނިފައިވާއިރު، އެންމެ ބޮޑެތި ރާޅުތައް 17 ސެންޓިމީޓަރަށް އަރާފައިވަނީ އުތުރު ސުލަވޭސީގެ ޓަލައުޑް އައިލެންޑްސް އިންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު