އެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި

އައިމިނަތު
11 Oct 2025
ހަބަރު

މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑް 2025 އަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމް.އެސް.އެމް.އީ އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތީގެ ދަށުން މައިގަނޑު 24 ދާއިރާއަށް ކަމަށެވެ. އެއީ ޖަޖުކުރެވޭ ގިންތީގެ ދަށުން 13 ދާއިރާއަކާއި، ޕޮޕިއުލާ އެވޯޑްސް ގިންތީގެ ދަށުން 11 ދާއިރާއެކެވެ.

އެމް.އެސް.އެމް.އީ އެވޯޑްއަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ބީސީސީން ވަނީ އެދިފައެވެ.

އެމް.އެސް.އެމް.އީ އެވޯޑަށް އެންމެ ފުރަތަމަ ފުރުޞަތު ހުޅުވާލީ 3 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 2 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު އޮކްޓޫބަރު 9 ގެ ނިޔަލަށް އިތުރުކުރުމަށްފަހު، ބީސީސީން ވަނީ އެސްއެމްއީ އެވޯޑަށް އޮކްޓޫބަރު 12 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ގިންތިތަކާއި، ދާއިރާތަކަށް ޚާއްސަ ޝަރުޠުތައް ހިމެނޭހެން، އެވޯޑުދޭ ދާއިރާތަކުގެ ތަފްސީލު، "މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑު 2025ދިނުމާއި ގުޅޭ އުސޫލު "ގައި ބަޔާން ކޮށްފައިވާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 3305555 އަށް ގުޅުއްވައިގެން ނުވަތަ އީމެއިލް ކުރުމުން ލިބޭނެ ކަމަށް ބީސީސީން ވަނީ ބުނެފައެވެ.

މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު