މިއަދުގެ އިންތިހާބު ކާމިޔާބު ކުުރި ކޮންގްރެސްގެ ކެންޑިޑޭޓުން - ފޮޓޯ: ވޮއިސް

މާލެ ސިޓީ ބައި-އިލެކްޝަން: ތިން ގޮނޑިވެސް ޕީއެންސީއަށް

އަލީ ޝާހީން
20 Jul 2024
ހަބަރު

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި، މާލޭ ސިޓީ ކައުންސިލްގެ 3 ގޮނޑިވެސް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ މައްޗަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކުރި ހޯދާ ގޮނޑިތައް ކަށަވަރު ކޮށްފި އެވެ.

މިއަދު ކުރިއަށް ދިޔަ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 08:00 އިން ހަވީރު 16:00 އާއި ހަމައަށެވެ. މި އިންތިހާބުގައި ވާދަކޮށްފައިވަނީ އެމްޑީޕީގެ އިތުރުން ޕީއެންސީގެ މެންބަރުންނެވެ. 

އެގޮތުން މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ވާދަކޮށް ކާމިޔާބުކޮށްފައިވަނީ: 

- ފާތިމަތު ޝައުފާ ސަލީމް - ހެންވޭރު ހުޅަނގުފާތިމަތު

- އިޝާން އަލީ - މައްޗަންގޮޅި މެދު 

- އަލީ އައިމަން - ހުޅުމާލެ 

މި އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ގޮނޑިތައް ހުސްވެފައިވާތީއެވެ. މާލެ ސިޓީ ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވަނީ އެ ދާއިރާގެ މަޖިލީސް މެންބަރު ކަމަށް ވަޑައިގެންފަ އެވެ. މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހްމަދު ޒަމީރަކީ މިހާރު އެ ދާއިރާގެ މަޖިލީސް މެންބަރެވެ. ހުޅުމާލެ ދާއިރާގެ ކައުންސިލަރަށް ހުންނެވީ އިބްރާހިމް ޝުޖާއު ވެސް ވަނީ ބާރަށު ދާއިރާގެ މެންބަރު ކަމަށް ވަޑައިގެންފަ އެވެ.

ވެރިކަން ކުރާ ޕާޓީގެ މެންބަރުން މި އިންތިހާބު ކާމިޔާބު ކުރުމަކީ ވެރިކަންކުރާ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު