މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 37 ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެންމެ އިސްކަން ދޭންޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމަށް: ރައީސުލްޖުމްހޫރިއްޔާ

އައިމިނަތު
12 Oct 2025
ހަބަރު

ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެންމެ އިސްކަން ދޭންޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމަށާއި ބާރު އެޅުމުގެ އިތުރުން އެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރިހާ މަގުތަކެއް ފަހިކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 37 ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ޚާއްސަ އިސްކަންދެއްވުމަށް ނިންމެވީ މި ޤައުމުގެ ދަރިން ތަރުބިއްޔަތުކޮށް، ބައްޓަންކުރުމުގެ ބޭނުމުގައި ކަމުގައި ވިދާޅުވިއެވެ. އަދި މި މުބާރާތަކީ ރާއްޖޭގެ އެންމެހާ ކިޔަވާ ކުދިން ކުރިއަށްއޮތް ދުވަސްތަކުގައި ވަރަށް ގަދައަޅާ، ފޯރީގައި، ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ގިނަ ފަރާތްތަކެއް ބައިވެރިވުމާއެކު ވަނަތައް ހޯދުމަށް މަސައްކަތް ކުރާނެ މުބާރާތަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ދަރީންނަކީ ކީރިތި ޤުރުއާން ކިޔެވުމަކީ ފަޚުރެއްގެ ގޮތުގައި ދެކި ކީރިތި ޤުރުއާން ކިޔަވަން ބޭނުންވާ ކުދިންނަށް ވުމަށް އެދޭކަމުގައި ވިދާޅުވިއެވެ. އަދި މިއާއެކު އާންމު ރައްޔިތުންނާއި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު މި މަގުސަދު ހާސިލު ކުރުމަށް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ކީރިތި ޤުރްއާން ކިޔެވުމަށާއި ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި ކީރިތި ޤުރްއާނުގެ ޢިލްމު ދިވެހި އިސްލާމީ އުންމަތުގައި ފެތުރުއްވުމަށާއި ޤުރުއާނަށް ޚިދުމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިސްކަމާއެކު، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ވަރަށް މުހިންމު ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. އެގޮތުން މިއަހަރުން ފެށިގެން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ، މުޅި މުބާރާތުން 1ވަނަ ހޯދާ ފަރާތްތަކަށް ޚާއްޞަ އިނާމުތަކެއް ދެއްވުމަށާއި، މުބާރާތުގެ އެހެން ވަނަތަކަށް ދޭ އިނާމުވެސް އިތުރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު ނިންމެވި ނިންމެވުމާ އެއްގޮތަށް މިއަދު މިވަނީ މި މުބާރާތަކީ ސަރުކާރުން އެންމެ އިސްކަމެއްދޭ، ރާއްޖޭގައި ބާއްވާ އެންމެ ފަޚުރުވެރި މުބާރާތަށް ހައްދަވާފައެވެ.

ސެޕްޓެންބަރު 18ވަނަ ދުވަހުރޭ ރަސްމީކޮށް އިފުތިތާޙުކުރެވުނު ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ބޭއްވުނީ ސެޕްޓެންބަރު މަހު 19އިން ފެށިގެން 26 ވަނަ ދުވަހުގެރޭގެ ނިޔަލަށް، ސަލްމާނު ރަސްގެފާނު މިސްކިތުގެ ދެ ފަންގިފިލާއެއްގައި، އެއްފަހަރާ ދެ ގޮފީގެ ކިޔެވުމަށް އިންސާފުކުރެވޭ އުސޫލޫންނެވެ. އަތޮޅު ކައުންސިލްތަކާއި ސިޓީ، ސްކޫލުތަކުގެ އިތުރަށް، ކްލަބު ޖަމްޢިއްޔާތަކާއި، ޤުރްއާންކުލާސްތަކާއި ކޮލެޖް/ޔުނިވަރސިޓީތަކުގެ ގޮތުގައި 119 މުއައްސަސާއަކުން ޖުމުލަ 1023 ބައިވެރިން މުބާރާތުގައި ކިޔަވައިފައިވެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ނިންމުމަށް، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންބައިވެރިވެވަޑައިގެން، މުބާރާތުގެ އެކި ވަނަތައް ހާސިލުކުރެއްވި ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުމާއި ފިލާ ބައްސަވައިދެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފޭދޫ ޞިއްޙީ މަރުކަޒުގައެވެ.
14 Oct 2025
ހަބަރު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ބަދަލުކުރަން ނިންމައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެމްބަރު މަސް ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން, ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް މާދަމާއިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
14 Oct 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. ފޭދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފޭދޫއަށް ވަޑައިގެންފިއެވެ.
14 Oct 2025
ހަބަރު
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، މި ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ.
14 Oct 2025
ހަބަރު