މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ: ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް

އައިމިނަތު
16 Oct 2025
ހަބަރު

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވައި، ޗައިނާގެ ޝަންހާއީގައި މިހާރު ކުރިއަށްދާ 2025 ވަނަ އަހަރުގެ ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑާސް ކޮންފަރެންސްގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން ތަގުރީރު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން، ޑރ. ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި ތަރައްޤީއަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އެއީ ޤައުމު ދެމިއޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދުގެ ތަރިކައާއި، ޘަޤާފަތާއި ތާރީޚަށްވެސް ނުރައްކާ ކުރިމަތިވާކަން ފާހަގަކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ މިއަދު ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހަޤީޤަތެއްކަން ފާހަގަކުރެއްވިއެވެ.

ޑރ. ވަޙީދު ދެއްކެވި ވާހަކަފުޅުގައި، "ކުޑަވުމަކީ ބާރެއް ނެތުން ނޫން" ކަން ފާހަގަކުރައްވަމުން، ދިވެހިރާއްޖެއިން ނަމޫނާ ދައްކައިގެން ކުރިއަށް ދިއުމުގެ އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ މައިގަނޑު ތިން އަސާސަކީ ފިޔަވަޅު އެޅުމާއި، އީޖާދުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އަސާސްތައް ކަމަށާއި، ނާޒުކު ޤައުމުތަކަށް އިހުމާލުވިޔަ ނުދިނުމަށް، ޤައުމުތަކުން ވެފައިވާ ވަޢުދުތައް ފުއްދައި، ފުރިހަމަ ނަތީޖާއަކަށް ބަދަލުކުރުމަށް ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ޑރ. ވަޙީދު ގޮވާލެއްވިއެވެ.

ޙަޤީޤީ ލީޑަރޝިޕް މިނެކިރާނީ ބާރާއި މުއްސަނދިކަމުގެ މީޒާނަކުން ނޫން ކަމަށާއި، ކުރު-ރާސްތާ މަންފާއަކަށްވުރެ، ސާފު ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް، އަންނަން އޮތް ޖީލުތަކުގެ މަސްލަހަތަށް އިސްކަން ދިނުމަކީ ސާބިތު ލީޑަރޝިޕެއްގެ ސިފަކަމުގައި ޑރ. ވަޙީދު ވަނީ ފާހަގަކުރައްވާފައެވެ.

އެބޭފުޅާގެ ވާހަކަފުޅު ނިންމަވާލެއްވީ، ކާމިޔާބު ހޯދުމަށްޓަކައި ދިވެހިރާއްޖެއިން އިޚްތިޔާރު ކުރަނީ އުންމީދާ، ހިތްވަރާއި ބައިވެރިވުމާއެކު ވިލުންތެރިކަމާއި، ޢަދުލުވެރިކަމާއި، ދެމެހެއްޓެނިވި އުންމީދުގެ މައްޗަށް ބިނާވެފައިވާ ދުނިޔެއެއް ބިނާކުރުމަށްކަމުގައި ވިދާޅުވަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު