ކާރިސާތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް "ހުޝިޔާރު"ގެ ނަމުގައި ވެބްސައިޓެއް

އައިމިނަތު
17 Oct 2025
ހަބަރު

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި  ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން "ހުޝިޔާރު" ނަމުގައި ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ކޮމިއުނިކޭޝަނަށް ޚާއްޞަ ވެބްސައިޓެއް ތަޢާރަފު ކޮށްފިއެވެ. 

އެންޑީއެމްއޭއިން ބުނީ މިއީ ކާރިސާތަކަށް ތައްޔާރުވުމާ ބެހޭ ގޮތުން މުޅި ރާއްޖޭގައި ހިންގާ ރިސްކް ކޮމިއުނިކޭޝަން ކެމްޕޭނެއް ކަމަށެވެ. އަދި މި ކެމްޕޭނުގެ އެންމެ މުހިންމު އެއް މަޤްސަދަކީ ކުއްލި ކާރިސާތަކާ ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުން ކަމަށް ވެސް ބުނެފައިވެއެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓާ ގުޅިގެން އެންޑީއެމްއޭ އިން އިސްނަގައިގެން ކުރިއަށް ގެންދާ މި ކެމްޕޭނަކީ މޫސުމަށް އަންނަ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކޮށްދީ، ތައްޔާރަށް ތިބުމަށް މުޖުތަމައުތައް ބާރުވެރިކުރުވާ ކެމްޕޭނެކެވެ.

އިންކްލޫސިވް، މަލްޓިލިންގުއަލް ފީޗާސްތަކާއެކު ތައްޔާރުކޮށްފައިވާ މި ޕްލެޓްފޯމްގައި އަވަސް އިންޒާރުދޭ އެލާޓްތަކާއި، ނުރައްކަލަށް ޚާއްޞަ ގައިޑްލައިންތަކާއި، އިންސްޓްރަކްޝަނަލް ވީޑިއޯތަކާއި، ހޭލުންތެރިކުރުމުގެ ތަކެތި އަދި ރެސްޕޮންސް ޓޫލްކިޓްތައް ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. 

ރަސްމީކޮށް "ހުޝިޔާރު" ވެބަސައިޓް ތަޢާރަފުކޮށްފައި ވަނީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާއި ގުޅިގެން އެންޑީއެމްއޭ އިން އިސްނަގައިގެން ބޭއްވި "ވިލުންތެރި ފެސްޓު" ގައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު