މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުއްލަތީ (ކ)، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް / ފޮޓޯ: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުއްލަތީ އާ މިއަދު ބައްދަލުކުރައްވައިފި

އައިމިނަތު
18 Oct 2025
ހަބަރު

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުއްލަތީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ. 

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގަތީ މި މަހު 16 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. ޚަލީލް މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުލައްތީ އާ ރަސްމީ މަޝްވަރާތަކެއްކޮށް، ރާއްޖެއާއި މިސްރާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ދިގުދެމިގެންދާ ގުޅުން މުރާޖަޢާ ކުރައްވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ތަޢުލީމާއި ސިއްޙަތާއި ވިޔަފާރިއާއި ޞަޤާފީ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ދެފަރާތުގެ ޝައުގުވެރިކަން ހުރި ދާއިރާތަކުން އެއްބާރުލުން ދިނުމަށް އާ މަގުތަކެއް ވެސް ދެ މިނިސްޓަރުން ހޯއްދަވާނެ ކަމަށެވެ.

އެގޮތުން މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ދިގު ދެމިގެންދާނެހެން ދެ ޤައުމުގެ ގުޅުން އިތުރުކުރުމާއި، ދެ ޤައުމުގެ ކުރިއެރުމަށް އާ މަގުތަކެއް ހޯދުމާއި ގުޅޭގޮތުންނެވެ. 

މީގެ އިތުރުން މިނިސްޓަރ ޑރ. ޚަލީލް ވަނީ މިސްރު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ އެއްބާރުލުން އިތުރަށް އިތުރުކޮށް އިސްކަންދޭ ދާއިރާތަކުގެ ޕާޓްނަޝިޕް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަން ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ މިޞްރާއެކު ގުޅުން ބަދަހިކުރުމަށް، އަދި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފެންވަރުގައި ހިއްސާކުރެވޭ މަސްލަހަތުތައް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ކުރާ ވަޢުދުތަކުގެ މައްޗަށް އަލިއަޅުވާލާ ދަތުރެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު