ގިނިސް ވޯލްޑް ރިކޯޑް ފޮތަށް ދިވެހިރާއްޖެ: އެއްފަހަރާ އެންމެ ގިނަ މީހުން ކުރި ސްނޯކްލިންގް

އައިމިނަތު
19 Oct 2025
ހަބަރު

އޮކްޓޫބަރު 18, 2025 ގައި ބާ އަތޮޅުގައި ބޭއްވި ބާނީ އިވެންޓްގައި އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކްލިންގެ އާ ގިނިސް ވޯލްޑް ރެކޯޑެއް ކާމިޔާބުކަމާއެކު ރާއްޖެ އިން ޤާއިމްކޮށްފިއެވެ. މި ހަރަކާތުގައި ޖުމްލަ 623 ސްނޯކްލަރުން ބައިވެރިވެފައިވެއެވެ.

ބާ އަތޮޅު ކައުންސިލުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ގުޅިގެން އިންތިޒާމްކުރި މި ރެކޯޑް މުގުރާލުމުގެ ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަންދޫބުންނާއެކު 13 ރަށަކާއި 15 ރިސޯޓަކުން ބައިވެރިވެފައިވެއެވެ.

ރެކޯޑް މުގުރާލި ސްނޯކްލިންގެ މި ހަރަކާތް ފެށިފައިވަނީ 16:30 ގައެވެ. އަދި ގަޑިއިރެއްހާއިރަށް ދެމިގެންދިޔަ މި ހަރަކާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބާ އަތޮޅު ކައުންސިލަށް ގިނިސް ވޯލްޑް ރެކޯޑްސްގެ އޮފިޝަލް އެޑްޖުޑިކޭޓަރަކު މި ފިލާ ހަވާލުކޮށްދެއްވާފައިވެއެވެ.

މި ތާރީޚީ ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން ވީއެމްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ ބާ އަތޮޅު ކައުންސިލަށް ހަނދާނީ ފިލާއަކާއި ފައިސާ ފޮއްޗެއް ހަވާލުކޮށްފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު