މާވަށު ޞިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ބަދަލުކޮށް، ސީއެމްބިއުލާންސްގެ ޚިދުމަތް ފެށޭނެ: ރައީސް

އައިމިނަތު
20 Oct 2025
ހަބަރު

އަންނަ އަހަރު ސީއެމްބިއުލާންސްގެ ފްލީޓު ބޮޑުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށާއި، އެއާއެކު މާވަށުގައި ސީއެމްބިއުލާންސްގެ ޚިދުމަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައްދުންމައްޗަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި މާވަށުގެ އެންމެ ބޮޑު އެއް މައްސަލައަކީ ރަށުގެ ސިއްޙީ ޙާލަތު އޮތްގޮތްކަން ފާހަގަކުރައްވާ އެކަމަށް ޙައްލު ގެނެސްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

މިހާރު ކުއްލި ޙާލަތްތަކުގައި ފަރުވާ ދިނުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބަލި މީހުން އުފުލުމުގައި ކުރިމަތިވާ ގޮންޖެހުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަށް ޙައްލު ގެނެސްދެއްވުމަށް އަންނަ އަހަރު ސީ އެމްބިއުލާންސްގެ ފްލީޓު ބޮޑު ކުރައްވާނެކަމަށެވެ. އަދި މިރަށުގައި ޤާއިމުވެ އޮންނާނެ ސީއެމްބިއުލާންސެއް އެއާއެކު އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރަށުގެ ސިއްޙީ މަރުކަޒު ކުރިއަށް އޮތް ދުވަސްވަރުގެ ތެރޭގައި ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަކީ ސަރުކާރުން ގެންގުޅުއްވާ ވިސްނުންކަން ހާމަކުރެއްވިއެވެ. އެގޮތުން ސިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ބައްޓަންކުރަމުންދާނީ އެގޮތަށްކަމަށް ވިދާޅުވިއެވެ.

"ޞިއްޙީ މަރުކަޒަށް ރަނގަޅު ފެންވަރުގެ ކުރިއެރުމެއް ގެނެސްދިނުމަކީ އަޅުގަނޑުވީ ވައުދެއް. އެގޮތުން މިމަހު ކުންފުންޏަކާއެކު އެގްރީމެންޓް ހެދުމުގެ މަސައްކަތް ނިންމަން އެބަ."

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މިގޮތުން އެޅޭ އިމާރާތުގައި 4 އެނދުގެ ވޯޑަކާއި، ނަރސް ސްޓޭޝަން، ޕަބްލިކް ހެލްތު ޔުނިޓް، ކޮންފަރެންސް ރޫމް، ލެބް، ލޯންޑްރީ، ގަރާޖު ސްޓޯރޭޖު، މި ހުރިހާ ތަނެއް ހިމެނޭ އިމާރާތެއް އަޅާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިމަހުގެ ތެރޭގައި މި މަސައްކަތްތައްހަވާލުކުރެވި މިއަހަރުގެ ތެރޭގައި އަމަލީގޮތުން މަޝްރޫޢު ފެށިގެންދާނެކަމަށާއި، މިއީ ހޮސްޕިޓަލެއްގެ ސްޓޭޓަސްއަށް ގެނެއުމަށްޓަކާ ކުރެވޭ މަސައްކަތެއްކަމަށް ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު