ލ.ފޮނަދޫގައި އެމްއައިބީގެ ސާވިސް ސެންޓަރެއް ހުޅުވައިފި

އައިމިނަތު
22 Oct 2025
ހަބަރު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސާވިސް ސެންޓަރެއް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭގޮތަށް ލ. ފޮނަދޫގައި އިއްޔެ ހުޅުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެމްއައިބީގެ ސާވިސް ސެންޓަރު ހުޅުވައިދެއްވީ އެމަނިކުފާނެވެ. އެ ސާވިސް ސެންޓަރު ހުންނަނީ އެ ރަށު ފެރީ ޓާމިނަލްގައެވެ.

ފޮނަދޫގައި ހުޅުވި ސާވިސް ސެންޓަރާއެކު ލ. އަތޮޅުގައި އެމްއައިބީގެ ތިން ސާވިސް ސެންޓަރު މިހާރު ހުންނާނެއެވެ. އެއީ ލ. ކައްދޫ އަދި ލ. ގަމުގައި ހުރި ސާވިސް ސެންޓަރުގެ އިތުރުން އިއްޔެ ހުޅުވި ފޮނަދޫ ސާވިސް ސެންޓަރެވެ.

އެމްއައިބީގެ ސާވިސް ސެންޓަރު ގަމާއި ކައްދޫގައި ގާއިމުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެމްއައިބީން އަންނަނީ އެ ބޭންކުގެ ހުރިހާ ޚިދުމަތެއް ރައްކާތެރިކޮށް އޮންލައިންކޮށް ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އިންޓަނެޓް ބޭންކިންއަށް ރަޖިސްޓާ ކުރުމުގެ އިތުރުން އުޖާލާ ދިރިއުޅުން ފެސިލިޓީއަށް ވެސް ބޭންކަށް ނުގޮސް އޮންލައިންކޮށް އެދެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު