ނަޞްރުގެ ދުވަހާއި ގުޅިގެން ނޮވެމްބަރު 2 ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

އައިމިނަތު
23 Oct 2025
ހަބަރު

ދައުލަތުގެ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ޗުއްޓީ ދިނުމަށް ހަފްތާ ބަންދުގެ ބްރޭކެއް އިތުރުކޮށް، ނޮވެމްބަރު 2 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

ނޮވެމްބަރު 3 މިހާރުވެސް ކޮންމެ އަހަރަކު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަކުރާއިރު، ނޮވެމްބަރު 2 ބަންދުކުރުމުން ހަފްތާ ބަންދާއި ލައިގެން ޖުމްލަ ހަތަރު ދުވަސް މުޅިއެކު ބަންދު ވާނެއެވެ. 31 އޮކްޓޯބަރ އިން ފެށިގެން ޖެހިޖެހިގެން އަންނަ މި ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 4 ނޮވެމްބަރ ވާ އަންގާރަ ދުވަހުއެވެ.

ކޮންމެ އަހަރަކުވެސް 3 ނޮވެމްބަރުގައި ފާހަގަކުރާ ނަޞްރުގެ ދުވަހަކީ ޤައުމީ ފެންވަރެއްގައި ފާހަގަކުރާ މުހިންމު ދުވަހެކެވެ. އެއީ ރާއްޖޭގެ ތާރީޚުގައި މުހިންމު ހާދިސާއެއް ކަމަށްވާ 1988 ވަނަ އަހަރު ބޭރުގެ ކުލީ ސިފައިން ވެރިރަށް މާލޭއަށް ގެނެސް ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ސަލާމަތްވެ ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. 

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު