ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބަރކްރައިމްގައި ދިވެހިރާއްޖެ އިން ސޮއިކޮށްފި

އައިމިނަތު
25 Oct 2025
ހަބަރު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑރ. ޢަބްދުﷲ ޚަލީލް، މިއަދު ވަނީ ވިއެޓް ނާމްގެ ހަނޯއީގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ފަރާތުން ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބަރކްރައިމްގައި ސޮއިކުރައްވާފައެވެ. މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި، ފޮރިން މިނިސްޓަރ ޑރ. ޚަލީލް ވަނީ ތަޤުރީރުކުރައްވާފައެވެ.

މިނިސްޓަރގެ ތަޤުރީރުގައި މި މުއާހަދާއަކީ ދިވެހިރާއްޖޭގެ ގައުމީ ޑިޖިޓަލް ސްޓްރެޓެޖީގެ މުހިންމު އެއް ތަނބުކަން ފާހަގަކުރައްވާފައިވެއެވެ. މިނިސްޓަރ ޑރ. ޚަލީލް ވަނީ، 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އިޤްތިސާދުގެ %15 ބިނާވެގެން ވަނީ ޑިޖިޓަލް އިޤްތިޞާދެއް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި އާއި "މޯލްޑިވްސް 2.0" އަކީ ދެފުށް ފެންނަ އަދި ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޑިޖިޓަލް އިކޯސިސްޓަމްއެއްކަން ފާހަގަކުރައްވާފައެވެ. 

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޓެކްނިކަލް ޤާބިލުކަން ހަނިވުމުގެ ސަބަބުން ސައިބަރ ރިސްކްގެ ނުރައްކާތައް ބޮޑު ނަމަވެސް، މި ގޮންޖެހުންތަކަކީ ދިވެހިރާއްޖޭގެ ޢަޒުމުތައް ހަނިކުރާނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މުއާހަދާގައި ސޮއިކުރުމުން، ދިވެހިރާއްޖެއިން ވަނީ ސައިބަރ ކްރައިމް ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ކުށްތައް ކަނޑައެޅުމަށާއި، ތަޙްޤީޤުކުރުމާއި ދަޢުވާކުރުމުގައި ބައިނަލްއަޤްވާމީ ބައިވެރިންނާ އެކު އެއްބާރުލުން ވަރުގަދަކުރަން ލިބޭ ފުރުސަތެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.  

ހަމައެހެންމެ މި މުއާހަދާގެ ސަބަބުން ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ. އ.ދ. ގެ ޢާންމު މަޖިލީހުން 2024 ޑިސެމްބަރު 24 ގައި ފާސްކޮށްފައިވާ، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބަރކްރައިމްއަކީ ސައިބަރ ކްރައިމް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ.) މެދުވެރިކޮށް ހެކި ހިއްސާ ކުރުމާއި ހުނަރު ތަރައްގީ ކުރުމަށް މަގުފަހިވާ މުއާހަދާއެކެވެ. 

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު