މަނީ ލޯންޑަރިިންގެ ކުށް ސާބިތުވެ ބައްސާމަށް އިތުރު 5 އަހަރުގެ ޖަލު ހުކުމެއް

އައިމިނަތު
30 Oct 2025
ހަބަރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދިން ފައިސާތަކަކަށް ޚިޔާނާތްތެރިވި މައްސަލައިގެ އިތުރަށް، މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއެކު ބައްސާމް ޢަދީލް ޖަލީލު އިތުރު 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ބައްސާމް ދައްކަން ޖެހޭ ފައިސާ 154،000 ރުފިޔާއެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދިޔައިރު ފީފާއިން ދިން ފައިސާގެ ތެރެއިން 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލާގައެވެ. ބޭންކް ޗާޖްސްތައް ކެނޑުމަށް ފަހު އޭނާގެ އެކައުންޓަށް ޖަމާވެފައިވަނީ 9،999 ޑޮލަރެވެ.

މީގެކުރިން ފީފާއިން ދިން ފައިސާއަށް ޚިޔާނާތްތެރިވުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. 

ޚިޔާނާތްތެރިވުމާއި މަނީލޯންޑަރިންގެ އިތުރުންވެސް ބައްސާމުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް އެބަހުއްޓެވެ. އެގޮތުން އަމީން އެވެނިއުއިން ޕެންޓްހައުސް ގަތުމާއި ފުޓްބޯޅަ އިދާރާގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު