އަންހެނުންނަށް ހުރި ފުރުސަތުތައް ފަހިކުރަން އިތުރަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

އައިމިނަތު
30 Oct 2025
ހަބަރު

ކަނބަލުންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އަދިވެސް އިތުރުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވައި ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ މިއަދު މެންދުރު ދަންފަޅީގެ ދަސްވެނިވުމުގެ ޙަފުލާގައި ދަރިވަރުންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. އެ ޙަފުލާގައި ދަސްވެނިވި ދަރިވަރުންގެ ތެރެއިން 90 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އެކަމަށް މަރުޙަބާ ކިޔުއްވަމުން އެ މަނިކުފާނު ވިދާޅުވީ ގިނަ ޢަދަދެއްގެ ކަނބަލުން ދަސްވެނިވެގެން ދިޔުމަކީ އަންހެނުން ބާރުވެރިކުރުމުގެ އަލިގަދަ ހެއްކެތް ކަމަށެވެ.

އޭގެ ސަބަބުން ދިވެހިރާއްޖޭގައި އަންހެނުންގެ ކުރިމަގު އުޖާލާވާނެ ކަމުގެ އުންމީދު ލިބިވަޑައިގަންނަވައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ކަނބަލުންނަށް އަދިވެސް ވަޒީފާގެ ބާޒާރުގައި ފުރުޞަތުތައް އިތުރުކުރައްވަން ޖެހޭ ކަމަށެވެ.

މިއަދުވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ދިވެހި މުޖުތަމަޢުގައި އަދިވެސް ކަނބަލުންނަށް އޮންނަން ޖެހޭ އިތުބާރާއި އެ ބޭފުޅުންގެ ޤާބިލުކަމާ ދޭތެރޭގައި ކުރީންސުރެ ވެސް އަށަގެންފައި ހުރި ކަންތައްތައް ދެނެގަތުމަށް ޓަކައި އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއާއި، ކުރިއެރުމަށް ޓަކައި އެންމެ ޤާބިލު ބައެއްގެ ގޮތުގައި ފެންނާނީ ދަސްވެނިވެގެން ނިކުންނަވައި ބޭފުޅުންގެ ތެރެއިން ކަނބަލުންކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު