މައުލޫމާތުދިނުމުގެ ސެޝަންގެ ތެރެއިން

ސްކޮލާޝިޕް ޙާޞިލް ކުރި ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ސެޝަނެއް ބާއްވައިފި

އައިޝަތު ޝިއުރާ
21 Jul 2024
ހަބަރު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ކިޔަވަން ދާއިރު ސަމާލުވާން ޖެހޭ ބައެއް ކަންތައްތަކުގެ މަޢުލުމާތު ދެއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މޯލްޑިވިސް ނެޝަނަލް ޔުނިވާސިޓީ (އެމް.އެން.ޔޫ) ގައި ސެޝަނެއް ބާއްވައިފިއެވެ. 

އެއްދުވަހުގެ މުއްދަތަށް މިއަދު ބޭއްވި ސެޝަންގައި ކެރިއަރ ގައިޑެންސާއި ކުރިމަގަށް ބޭނުންވާނެ ހުނަރުތައް ދެނެގަތުމުގެ ދާއިރާގައި ރާއްޖޭގެ މަޝްހޫރު ދެބޭފުޅެއްކަމުގައިވާ މުޙައްމަދު ޢާލިމްއާއި ޑރ. ސަނީ ޢުމަރާއެކު މަޝްވަރާކުރެވުނެވެ. އަދި އާޢިލާއާއި ދުރުގައި ހުރުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާއި ގުޅޭގޮތުން އެކަމުގެ ތަޖުރިބާކާރު ޙައްވާ ލީޝާއާއެކު މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ބޭރުން ތަޢުލީމު ހާޞިލުކުރި ދަރިވަރުންގެތެރެއިން، މި އަހަރުގެ ސްކޮލަރޝިޕްތައް ލިބުނު ގިނަ ދަރިވަރުން ދާން ބޭނުންވާ ތިންގައުމަކުން ކިޔެވި ބައެއް ދަރިވަރުންގެ ތަޖުރިބާތައް ޙިއްސާކުރެއްވިއެވެ. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ ކަމާ ގުޅުން ހުރި އެކަމަނާގެ ބައެއް ތަޖްރިބާތައް ޙިއްސާކުރައްވަމުން ފަށްޓަވައިދެއްވި މި ސެޝަންގައި މިނިސްޓްރީގެ ސްކޮލަރޝިޕް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ މަރްޔަމް ސަމްރަތު، އެ ސެކްސަނުން ދަރިވަރުންނަށް ދޭ ޚިދުމަތްތައް ފަސޭހަކަމާއެކު މި ދަރިވަރުންނަށް ލިބޭނެގޮތްތަކާގުޅޭގޮތުން މަޢުލުމާތު ދެއްވިއެވެ. މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ދޭ ޚިދުމަތްތައް ފަސޭހަކަމާއެކު މި ދަރިވަރުންނަށް ލިބޭނެގޮތްތަކާގުޅޭގޮތުން އެ އޮތޯރިޓީގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު މަޢުލުމާތު ދެއްވާފައިވެއެވެ.

މޯލްޑިވިސް ނެޝަނަލް ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ސެންޓްރަލް އޮޑިޓޯރިއަމްގައި މިއަދު ބޭއްވި މި ސެޝަންގައި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާގެ އިތުރުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްރަޙީމް ޙަސަނާއި، ޑރ. ޢަބްދުالله ފައިރޫޝާއި، އެހެނިހެން ބައެއް މުވައްޒަފުން ބައިވެރިވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު