ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފި

އައިމިނަތު
11 Nov 2025
ހަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުމާއި، ޚިދުމަތުގެ ޝަރަފު އެރުވުމާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން ވަނީ ކުރިއަށްގެންދަވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ތަހުނިޔާގެ މެސެޖެއްވެސް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި، އެމަނިކުފާނު ވަނީ، ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ހާސިލުކޮށްދެއްވުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ވަޑައިގަންނަވާނީ، މާތް ﷲގެ ޙަޟްރަތުން ވާގި އެދި ތިބެ، އިޚްލާޞްތެރިކަމާއެކުގައިކަމަށް ވިދާޅުވެފައެވެ. އަދި އެ މެސެޖުގައި އެމަނިކުފާނު ވަނީ، ދިވެހިރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު އަދާކުރައްވައި، ދިވެހި ރައްޔިތުން ފަޚުރުވެރިވާނޭފަދަ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް އިރާދަކުރެއްވިއްޔާ ހޯއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުން ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި އެކަމަނާ ވަނީ، އެކުވެރި، އެއްބައިވަންތަ، ބާއްޖަވެރި މުޖުތަމަޢެއް، މި ވަޠަނުގައި އަބަދުމެ ދެމިއޮތުމަށް އެދި ދުޢާ ދަންނަވާފައެވެ.

ދިވެހިރާއްޖޭގެ ވެރިކަން، ރަސްކަމަކުން ޖުމްހޫރިއްޔަތަށް ބަދަލުވެފައިވަނީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ގައެވެ.

ކޮމެންޓް
އިތުރު ލިއުން
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު ނިޔާވެއްޖެ
ހުޅުމާލެ ފޭސް ދޭއްގައި ރޭ، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.
11 Nov 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
11 Nov 2025
ހަބަރު
ކެއިންބުއިމުގެ ރަނގަޅު އާދަތަކާއި ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދޭއިރު، ކާބޯތަކެތި ވިއްކާ ތަންތަނުން ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާ ކާނާ ލިބެން ހުންނަންޖެހޭ: މެޑަމް ސާޖިދާ
ކެއިންބުއިމުގެ ރަނގަޅު އާދަތަކާއި ހޭލުންތެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދޭއިރު، ކާބޯތަކެތި ވިއްކާ ތަންތަނުން ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާ ކާނާ ލިބެން ހުންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެއްޖެއެވެ.
09 Nov 2025
ހަބަރު
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Nov 2025
ހަބަރު