ދިވެހި ތަރިކައިގެ ސިގްނެޗަރ ރިސަރޗް ސްކޮލަރޝިޕަކީ ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢާ ގުޅިފައިވާ އިންގިލާބީ ޢިލްމީ މަސައްކަތެއް: ވަޒީރު އާދަމް ނަޞީރު އިބްރާހީމް

އައިމިނަތު
17 Nov 2025
ހަބަރު

ދިވެހި ތަރިކައިގެ ސިގްނެޗަރ ރިސަރޗް ސްކޮލަރޝިޕަކީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު ވެރިކަމުގެ ޒަޢާމަތާ ހަވާލުވެ ވަޑައިގެންނެވި ދުވަހު ޢިއުލާނު ކުރެއްވި ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢާ ގުޅިފައިވާ އިންގިލާބީ ޢިލްމީ މަސައްކަތެއް ކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިތަރިކައާއި ދިވެހިވަންތަކަމުގެ ދާއިރާ ޢިލްމީ ގޮތުން ކުރިއެރުވުމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ ދިވެހި ތަރިކައިގެ ސިގްނެޗަރ ރިސަރޗް ސްކޮލަރޝިޕް ހަވާލު ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި ރަސްމިއްޔާތަކީ ދިވެހި ޤައުމީ ތަރިކައިގެ ތާރީޚްގައި ވަރަށް މުހިންމު ތާރީޚީ އިހްތިފާލެއް ކަމަށާއި ތަރިކައިގެ ދާއިރާ ތަރައްޤީ ކުރުމަށް ތަރިކައިގެ ދާއިރާ ރާއްކާތެރި ކުރެއްވުމަށް އެކި ދުވަސްވަރު އެކި ބޭފުޅުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަ ކުރެއްވައި އޭގެ ހެޔޮ ނަތީޖާ ދިވެހިރާއްޖެ ދެކެފައިވާކަން ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މި ސްކޮލަރޝިޕްގައި ކުރެވޭ ދިރާސާތަކާއި ހާމަކުރެވޭ ލިޔުންތަކުން ޢިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާ، އިޢުލާނުކުރެއްވި ޤައުމީ ތަރިކައިގެ ސިޔާސަތުގެ ތެރެއިން ޤައުމީ ދާއިރާއިން ސިފަ ބައްޓަންކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އެއީ ދިވެހި ތަރިކައިގެ ދާއިރާ ކަމަށާއި އަދި އެއީ ދިވެހީންނާއި އެއްކޮޅަށް އޭގެ ޙަޤީޤަތްތައް ދެނެގަތުމުގެ މަސައްކަތް ކުރުމުގެ ދާއިރާކަމަށާއި ހަމައެހެންމެ ދިވެހީންގެ އަސްލުތައް ދެނެގަތުމުގައި ދިވެހީންނަށް ޒަމާނުއްސުރެ ފޯރާފައިނުވާ ބައެއް ޙަޤީޤަތްތަކާއި ހިސާބަށް ވާސިލުވުމަށް ކުރެވޭ މަސައްކަތް ކަމަށެވެ.

މި ސްކޮލަރޝިޕްގެ މަޤްޞަދަކީ އަންނަން އޮތް ޖީލުތަކަށް ދިވެހި ތަރިކަ ރައްދުކޮށްދެއްވުންކަމަށާއި ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާ އެއްގޮތައް، އަންނަންއޮތް ޖީލުތަކާއި އަދުގެ ޖީލަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތެރެއަށް ޒަމާނީ ވަސީލަތްބޭނުންކޮށްގެން ދިވެހީންގެ ތަރިކަތައް ގެނައުންކަމަށްވެސް، ވަޒީރު އާދަމް ނަޞީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު