ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމަށް ވާނީ ފަށާފައި: ރައީސް މުޢިއްޒު

އައިމިނަތު
17 Nov 2025
ހަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުޢާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމަކީ މި ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވީ ކީރިތި ޤުރުޢާނަކީ އަޅުގަނޑުމެން މުސްލިމުން އެންމެ އިސްކަންދޭންޖެހޭ ކަންތައް ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައި ކުރިޔަށް އޮތް ތިން އަހަރަށް ބަހާލައިގެން، ރަށުގެ ކުޑަބޮޑުމިނުގެ ނިސްބަތުން ޤުރުޢާނާ ބެހޭ މަރުކަޒުތައް ޤާއިމްކުރެވެމުން ދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ، މިއީ މުޖުތަމަޢު ބިނާކުރުމަށްޓަކައި ދީނީ ރޮނގުން ކުރަން ހުރި ކަންކަމުގެ ތެރޭގައި ކުރެވޭ މަސައްކަތެއްކަމަށެވެ. މިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މިއަދުވެސް މިފަދަ އެގްރީމެންޓެއްގައި ސޮއިކޮށްފައިވާކަމަށެވެ.

ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ބިނާކުރާ މި އިމާރާތްތަކުން ލިބޭ ފައިދާ ބޭނުންކުރާނީ ދީނީކަންކަމަށާއި އިޖްތިމާއީ ގޮތުން ވެސް ބޭނުންތެރި ކަންކަމަށް އެކަން އޮންނަ އުސޫލުގެ ތެރެއިން ޤައުމަށް ފައިދާވާގޮތަށް ހަރަދުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު