ޤައުމީ ދިފާއީ ބާރު އިތުރަށް ވަރުގަދަކުރުމަށް ޓަކައި މަސައްކަތް ފަށައިފިކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

އައިމިނަތު
17 Nov 2025
ހަބަރު

ޤައުމީ ދިފާޢީ ބާރު އިތުރަށް ވަރުގަދަކުރުމަށް ޓަކައި މުހިންމު ހުރިހާ ދާއިރާއެއް ތަރައްޤީ ކުރުމަށް މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެެވެ. 

މިކަމުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަކީ ރާއްޖޭގެ މިނިވަންކަމުގެ ފަލަ ރަތް ރޮނގު ދިފާއުކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމުގައެވެ.

އެގޮތުން ކޯސްޓު ގާޑުގެ ފުލީޓު ދެގުނަ ބޮޑުކުރުމާއި، މެރިން ކޯހުގެ ކެޕޭސިޓީ ބޮޑުކުރުމާއި، އެއާ ކޯ އުފައްދައި އެއާކޯއަށް ކެޕޭސިޓީ އިތުރުކުރުން ފަދަ މަސައްކަތްތައް ކުރެވިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އިހަށް ދުވަހު އެމްއެންޑީއެފްގެ އެއާ ސްޓޭޝަނެއް ރާއްޖޭގެ އެންމެ ދެކުނުގައި، އައްޑޫގައި ހުޅުވިގެންދިޔަ ކަމަށާއި ރާއްޖޭގެ އުތުރުގައި ވެސް އެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ ކެޕޭސިޓީ ބޮޑުކުރުމަކީ، ދިވެހި ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ ގޮތް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިލިޓަރީ ވަރުގަދަކުރުމަކީ ޒިންމާއެއް ކަމަށާއި، ދިވެހީންނަކީ ނިކަމެތި ބައެއްކަމަށް ދުށުމަކީ ވިސްނުމުގައި ހުރެގެންވާނެ ކަމެއް ކަމުގައި ޤަބޫލު ނުކުރައްވާކަމަށެވެ.

ހަމައެހެންމެ ދިފާއީ ގޮތުން ރާއްޖޭޭގެ ވިއުގަ ވަރުގަދަކުރުމަށް ސިފައިންގެ ގާބިލުކަން އިތުރުކުރުމާއެކު އެހެނިހެން ގައުމުތަކާއެކު މަސައްކަތް ކުރައްވަމުންދާކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު