ޚާރިޖީގޮތުން އެންމެ ގާތްގުޅުމެއް ބާއްވަނީ އަރަބި އިސްލާމީ ޤައުމުތަކާ: ރައީސް މުޢިއްޒު

އައިމިނަތު
17 Nov 2025
ހަބަރު

ޚާރިޖީގޮތުން ގުޅުންތައް ބަދަހިކުރަމުންދާއިރު އެންމެ މުހިންމު އިސްކަމެއްދީގެން އެންމެ ގާތްގުޅުމެއް ބާއްވަނީ އަރަބި އިސްލާމީ ޤާއުމުތަކާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަރަބި އިސްލާމީ ޤައުމުތަކާއެކު ގާތްގުޅުމެއް ބާއްވަން އިސްކަންދޭއިރު އޭގެތެރެއިންވެސް ޚާއްސަ އިސްކަމެއް ދެނީ ސަޢުދީ އަރަބިއްޔާއާ ކަމަށެވެ. އެގޮތުން ސަޢުދީގެ ރަސްގެފާނު ރާއްޖޭގެ ރައްޔިތުންނަށް ދެއްވާ އިސްކަމުގެ ތެރެއިން ޙައްޖާޖީންނަށް އެތައް ލުއިފަސޭހަތަކެއް ލިބިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢުދީގެ ރަސްގެފާނަށާއި ވަލީ އަހުދަށް ޝުކުރުއަދާކުރައްވާފައެވެ.

ހަމައެހެންމެ އަރަބި އިސްލާމީ ޤައުމުތަކުގެ އިތުރުން އެހެން ހުރިހާ ޤައުމުތަކާއެކު ވެސް ގާތް އެކުވެރި ގުޅުންތަކެއް ޤާއިމުކުރެވި، އެ ގުޅުންތަކުގެ ތެރެއިން މަންފާތައް ހޯދުމަށް ގިނަގުނަ މަސައްކަަތްތައް ސަރުކާރުން ކޮށްފައިވާކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު