ޕޮލިޓެކްނިކްގެ "އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025" ގއ. ވިލިނގިލީގައި ފަށައިފި

އައިމިނަތު
24 Nov 2025
ހަބަރު

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން "އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025" ގެ ނަމުގައި ގއ. ވިލިނގިލީގައި ތަފާތު ފަންނުތައް ދައްކުވައިދޭ އެކްސްޕޯއެއް ފަށައިފިއެވެ.

ޕޮލިޓެކްނިކްގެ ގއ. ވިލިނގިލީ ކެމްޕަހުގެ ފަރާތުން އެ ރަށުގައި، ދިވެހިރާއްޖޭގައި ނެތެމުންދާ އެތަށް ފަންނުތަކަކުން ދިވެހިން ތަމްރީނުކުރުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު، މި ފަންނުތައް އާންމުންނަށް ދައްކައިލުމަށް ޚާއްސަ އެކްސްޕޯއެއް ފަށަފައިއެވެ. އެގޮތުން، ކުރެހުންތަކާއި، ލަނކުނޑިން ތައްޔާރުކޮށްފައިވާ ތަކެތި، ކެލިގްރަފީ، ލިޔެލާޖެހުން އަދި އެނޫން ވެސް ފަންނުވެރިން އުފައްދަވައިވާ އެކި ތަކެތި ވަނީ މި އެކްސްޕޯގައި ދައްކާލެވިފައެވެ.

މި އެކްސްޕޯ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 22 ނޮވެމްބަރ 2025 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ 16:00 ކުން 22:00 އަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ވުޑްކަރވިން، އިލެކްޓްރިޝަން، ގެސްޓް ހައުސް މެނޭޖްމަންޓް، ވެލްޑިންގ ފަދަ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެވިފައިވާއިރު، ދިވެހިރާއްޖޭގައި ނެތެމުންދާ ފަންނުތައް ދިރުވާ ޢާލާކުރުމަށް އަތޮޅުތެރޭގެ ރަށްރަށުގައި ފަންނުތައް ދިރުވާ ޢާލާކުރުމަށް ދަނީ އެތައް މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު