ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން

ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 2 ބިދޭސީއަކު ހައްޔަރުކޮށްފި

އައިޝަތު ޝިއުރާ
21 Jul 2024
ހަބަރު

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގެ ހަ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ މީހަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ 17 ނޮވެމްބަރު 2023 އިން 15 ޖުލައި 2024އާ ހަމައަށް 153 ތަނެއް ބަލާފާސްކޮށް، މިހާތަނަށް 2069 ބިދޭސީން ޑީޕޯޓްކޮށްލާފައެވެ.

އިމިގްރޭޝަނުން އެންމެ ފަހުން ހިއްސާ ކުރި މައުލޫމާތުތަކަށް ބަލާއިރު ހަށިވިއްކުމާއި ޑްރަގާއި ގޭންގް މާރާމާރީތަކުގެ އިތުރުން ކަޅު ބާޒާރުގައި ބޭރުގެ ފައިސާގެ މުއާމަލާތް ހިންގުމަށް ވެސް ގިނަ ޢަދަދަކަށް ބިދޭސީން ހަރަކާތްތެރިވަމުންދެއެވެ. މިފަދަ ބިދޭސީން އަތުލައިގަނެ، އިމިގްރޭޝަނުން ވަނީ އެފަދަ މީހުން މިހާރު ރާއްޖެއިން ޑީޕޯޓްކޮށްފައެވެ.

ނޮވެމްބަރު 2023 އިން 15 ޖުލައި 2024އާ ހަމައަށްކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދިޔަ 8 ބިދޭސީއަކާއި، ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 65 ބިދޭސީންގެ އިތުރުން ޑްރަގް އަދި ގޭންގް މާރާމާރީތަކުގައި އުޅުނު 141 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

އަދި އިމިގްރޭޝަނުން ބަލުމުންދާ އެކި މައްސަލަތަކުގައި ހޯދަމުންދިޔަ 15 ބިދޭސީންނާއި ވިސާ އަދި ލިޔެކިޔުމަށް ބަދަލު ގެނެސްގެން 9 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްސަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓްކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު