މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ

އައިމިނަތު
05 Dec 2025
ހަބަރު

މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ކޮންފެރެންސްއެއް ބާއްވާފައިވާނެކަމަށެވެ. އަދި މި ކޮންފެރެންސްގައި ނޫސްވެރިންގެ ސުވާލުތައް ހުސްވެ ދެން އިތުރަށް ސުވާލެއް ނެތްކަމަށް ވިދާޅުވަންދެން ހުންނެވިކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތްތާގައި ވެސް މިފަދަ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާނެކަމަށް މި ފުރުސަތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ސުވާލަށް ޖަވާބުދެއްވަމުން ރައީސް އިތުރަށް ވިދާޅުވީ ނޫސްވެރިކަމަކީ އެހެން ދާއިރާތައް ފަދައިން ވަރަށް ޕްރޮފެޝަނަލްކޮށް ހިންގަންޖެހޭ ދާއިރާއެއްކަމަށެވެ. އަދި ނޫހެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅުވުންކަން އިއުލާނުކުރުމާއެކު އެ ނޫހެއްގެ ޕްރޮފެޝަނަލިޒަމް ގެއްލޭނެކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރަށް ރައީސް ފާހަގަކުރެއްވީ، މީޑިޔާ ގާނޫނުގެ ދަށުން ވުޖޫދުވި މީޑިޔާ ކޮމިޝަނުން މިހާތަނަށް މީޑިޔާއަކާމެދު ފިޔަވަޅެއް އެޅިކަން އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި މި ސަރުކާރުން ތަންމިނަށް ނޫސްވެރިކަމުގެ މިނިވަންކަން ފޯރުކޮށްދީފައިވާ ކަމަށާއި،  ހަމައެކަނި ނެތްކަމަކީ ގާނޫނުއަސާސީއާ ޚިލާފުވެ އިސްލާމްދީނާ ޚިލާފު ވާހަކަދެއްކުގެ އިތުރުން މީހުންގެ އަބުރަށް އަރައިގަތުން ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު