މީޑިޔާ މައުރަޒު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ މައުރަޒު ފަށައިފި

އައިޝަތު ޝިއުރާ
21 Jul 2024
ހަބަރު

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ މީޑިޔާ މައުރަޒު ފަށައިފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މައުރަޒު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް އެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މައުރަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަތްތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހައި ތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާއާ ޙިއްސާކުރެއްވުމަށް ޓަކައި ބާއްވަވާ މައުރަޒެކެވެ.

މި މައުރަޒުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެކި ސެކްޝަންތަކާއި އިދާރާތަކުގެ ސްޓޯލްތައް ހުންނާނެއެވެ. މި ސްޓޯލްތަކުން އެ ސެކްޝަނުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ލިބިލައްވާނެއެވެ.

1. ދިވެހިރާއްޖޭގެ ޒަކާތު ހައުސް

2. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް

3. މޮސްކް މެނޭޖްމެންޓް ސެކްޝަން

4.ޕަބްލިކޭޝަން ޔުނިޓް އަދި ޙަލާލް ސެޓްފިކޭޝަން ޔުނިޓް

5.ޙައްޖާއި ޢުމްރާއާ ބެހޭ ޔުނިޓް

6.އިސްލާމިކް ދަޢުވާ

7.ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު

8.މިނިސްޓަރ ބިއުރޯ

9.އައުޤާފް އެންޑް އިންފްރާސްޓަކްޗަރ

މި މައުރަޒު މިއަދު ހަވީރު 18:00 އަށް އަދި މާދަމާ ހެނދުނު 9:00 އިން ހަވީރު 18:00 އަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު