އެމްޑީޕީ އިލެކްޝަން ވޯޓުލުން- ފޮޓޯ: އަވަސް

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ވޯޓަށް ނުގޮސް 34 މީހުން ހޮވިއްޖެ

އަލީ ޝާހީން
22 Jul 2024
ހަބަރު

އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި، ވޯޓަށް ނުގޮސް ނައިބު ރައީސުންގެ މަޤާމަށް 34 ކެނޑިޑޭޓުން ހޮވިއްޖެއެވެ. 

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ ވޯޓަކާ ނުލާ ހޮވުނު 34 ނައިބު ރައީސުން ހޮވާފައިވާކަމަށެވެ. އަދި ހޮވިފަިވާ 34 މީހުންގެ ނަންތައް އާންމުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 23 ރަށެއްގެ ނައިބު ރައީސުންނާއި ހަތް ދާއިރާއެއްގެ ނައިބު ރައީސުން އަދި ހަތަރު ސިޓީއެއްގެ ނައިބު ރައީސުންނެވެ.

އެއިއުލާނުގައި އެމްޑިޕީއިން ބުނީ ދާއިރާތަކުގެ އިންތިޚާބު ބައި-އިލެކްޝަންއަށް ހުޅުވާލެވުނު އިއުލާންގެ މުއްދަތު ހަމަވިއިރު، އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ނައިބު ރައީސުން އިންތިޚާބަކައިނުލާ ހޮވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ދައިރާތަކުގައި ބައި އިލެކްޝަން ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 2 ވަނަދުވަހުއެވެ. މި އިންތިހާބުގައި ވާދަކުރަން ހުޅުވާލި ދާއިރާތަކުގެ ތެރޭގައި 13 ދާއިރާއެއްގެ ނައިބު ރައީސްގެ މަގާމާއި  103 ދާއިރާއެއްގެ ރަށު ނައިބު ރައީސްކަމުގެ މަގާމު ހިމެނާފައިވެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު