ނޭޝަނަލް ޑިޒާސްޓަރ ރިޑަކްޝަން އަދި އަރބަން ރެސިލިއަންސް އާ ގުޅޭ ޓްރެއިނިންގ ވާކްޝޮޕް ފަށައިފި

އައިޝަތު ޝިއުރާ
22 Jul 2024
ހަބަރު

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލް އަދި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ގުޅިގެން، ހާދިސާތަކާއި ކާރިޘާތަކުން އަރައިގަތުމަށް ވިލުންތެރިކުރުމާ ގުޅޭގޮތުން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ "މޭކިންގ ސިޓީސް ރެސިލިއެންޓް، އެމްސީއާރު 2030"ގެ ދަށުން ހާދިސާތަކާއި ކާރިޘާތަކުން ލިބޭ ގެއްލުންތަކަށް ފިޔަވަޅުއެޅުމުގައި ހުރި ގޮންޖެހުންތަކަށް ދެނެގަނެ، ޙައްލު ހޯދާ މިފަދަ ކާރިޘާތަކަށް ވިލުންތެރި ތަނަކަށް މާލެ ސިޓީ ހެދުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ތަމްރީން ޕްރޮގްރާމެކެވެ.

"މޭކިން ސިޓީސް ރެސިލިއެންސް" އެމްސީއާރު 2030 ގެ ނަމުގައި ހިންގާ ކެމްޕޭނަކީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އިން އިސްނަގައިގެން ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ކުރިއަށްގެންދާ ކެމްޕޭނެކެވެ.

އާބަން ހިރާސްތައް ކުޑަކުރުމާއި އެމްސީއާރު 2030 ކެމްޕޭނުގެ އޮނިގަނޑާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހިންގާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިމަހުގެ 21 އިން 22 އަށެވެ.

ކޮމެންޓް
އިތުރު ލިއުން
ކިންގް ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމް ކުރަނީ
ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
18 Sep 2024
ހަބަރު
މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑާއެކު މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
18 Sep 2024
ހަބަރު
ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި
ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 38 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ.
18 Sep 2024
ހަބަރު
"ސީޑްސް އޮފް ފިއުޗަރ" ތަމްރީން ޕްރޮގްރާމަށް ދިވެހި ދަރިވަރުންތަކެއް ޗައިނާއަށް
ޗައިނާގެ ހުއާވޭ ކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް "ސީޑްސް ފޮރ ދަ ފިއުޗަރ"ގެ ނަމުގައި ހިންގާ ޕްރޮގްރާމަގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެއެވެ.
18 Sep 2024
ހަބަރު