ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

ޔުނާން ޕްރޮވިންސާއި ރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުން ގާއިމުކުރުމާއި ގުޅޭގޮތުން ނާޒިމް މަޝްވަރާކުރައްވައިފި

އައިޝަތު ޝިއުރާ
22 Jul 2024
ހަބަރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ޔުނާންސް ޕްރޮވިންސްގެ އިސް ބޭފުޅުންނާއެކު މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. 

ނާޡިމް ވަނީ  ޔުނާން ޕްރޮވިންސްގެ މަސްއޫލުވެރިންނާއެކު މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބާއްވަވައި ޔުނާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދުގެ ގުޅުމާއި އިޤްތިޞާދީ ގުޅުން ވިލަރެސް ކުރުމާ ބެހޭ ގޮތުންނާއި ޔުނާން ޕްރޮވިންސްގެ ލީޑަރުންނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ދެ ސަރަހައްދުގެ ގުޅުން އިތުރަށް ވަރުގަދަކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އޮނަރަބަލް އަހުމަދު ނާޡިމް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ 8 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި އާއި 5 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައެވެ.

"ސޮލިޑަރިޓީ އެންޑް ކޯޑިނޭޝަން ފޯ ކޮމަން ޑިވެލޮޕްމަންޓް" ގެ ނަމުގައި ބާއްވާ އެކްސްޕޯގައި ދެކުނު އޭޝިއާގެ ގައުމުތައް ތަމްސީލުކުރާ ޕެވިލިއަންކަތަށްވެސް އޮނަރަބަލް އަޙުމަދު ނާޡިމް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

އޭގެ އިތުރުން އޮނަރަބަލް އަޙްމަދު ނާޡިމް، ޔުނާން ޓެންގްޔޫން އިންފޮމޭޝަން ކޯ ލިމިޓެޑާއި ޔުނާން ނޮންގްކެން ކޮފީ ކޯ ލިމިޓެޑް ފަދަ މަޝްހޫރު ކުންފުނިތަކަށްވެސް ޒިޔާރަތް ކުރައްވާނެއެވެ.

ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްއަކީ، ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޔުނާން ޕްރޮވިންސްގެ ސަރުކާރު ގުޅިގެން ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި ޗައިނާ އާއި ދެކުނު އޭޝިއާގެ 200 އަށް ވުރެ ގިނަ ޢަދަދެއްގެ މަތީ ފެންވަރުގެ މަސްއޫލުވެރިންނާއި މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މި ފޯރަމްގެ މިއަހަރުގެ ތީމަކީ "ބިލްޑިން ކޮންސެންސަސް ފޯ ރީޖަނަލް ޑިވެލޮޕްމަންޓް" އެވެ. ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމާއި ދެފަރާތަށް ފައިދާހުރި އެއްބާރުލުން ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މި ފޯރަމަކީ، 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުންމިންގްގައި ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި، ސަރަހައްދީ އެއްބާރުލުމާއި ތަރައްޤީއާ ބެހޭ ގޮތުން ފުންކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދެއެވެ.

އޮނަރަބަލް އަޙްމަދު ނާޡިމްގެ އަރިހުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވަފްދުގައި ވައިކަރަދޫ ދައިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސެއިން ޒިޔާދުއާއި މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުالله ރިފާޢުއާއި ފޭދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިބްރާހީމް ދީދީ އާއި މިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙަސަން މުފީދު ހިމެނިވަޑައިގަންނަވައެވެ. މިބޭފުޅުން، ކުންމިންގެ މުހިންމު މަރުކަޒުތަކަށް ޒިޔާރަތް ކުރެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް، ޗައިނާ ސަރުކާރުން އިންތިޒާމު ކުރާ މި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމުން ރަމްޒުކޮށް ދެނީ ސަރަހައްދީ ގުޅުން ބަދަހިކުރުމަށާއި އަދި ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށްވާ ޗައިނާއާ ގުޅިގެން ތަރައްޤީގެ އާ މަގުތަކެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބައިނަލްއަޤްވާމީ ދާއިރާގައި ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަށް ލިބިފައިވާ އިޙުތިރާމާއި ސަރަޙައްދީ ޑިޕްލޮމެސީއާއި އިޤްތިސާދީ އެއްބާރުލުމުގައި ރާއްޖޭގެ ސްޓްރެޓެޖިކް މުހިންމުކަންވެސް ހާމަވެގެން ދެއެވެ.  

ކޮމެންޓް
އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އާއި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ފޭދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފޭދޫ ޞިއްޙީ މަރުކަޒުގައެވެ.
14 Oct 2025
ހަބަރު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންސްތައް އާ ޓާމިނަލަށް ބަދަލުކުރަން ނިންމައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެމްބަރު މަސް ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން, ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް މާދަމާއިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
14 Oct 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. ފޭދޫއަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފޭދޫއަށް ވަޑައިގެންފިއެވެ.
14 Oct 2025
ހަބަރު
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، މި ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ.
14 Oct 2025
ހަބަރު