އަލީ ހާޝިމް

ގަވަރުނަރުކަމުން ހާޝިމް ވަކިކުރަން މަޖިލީހުން ފާސްކޮށްފި

އައިޝަތު ޝިއުރާ
22 Jul 2024
ހަބަރު

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގަވަރުނަރުކަމުގެ މަގާމުން ހާޝިމް ވަކިކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ވޯޓުންނެވެ. ހާޝިމް މަގާމުން ވަކިކުރަން ނުފެންނަކަމަށް 9 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހުށަހެޅުއްވި މިމައްސަލަ މާލިއްޔަތު ކޮމިޓީގައި ކުރިޔަށްގެންދިޔައިރު ހާޝިމަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮމިޓީން ދިންނަމަވެސް ކޮމިޓީއަށް ހާޝިމް ވަޑައިގަންނަވާފައެއްނުވެއެވެ.

ހާޝިމް ގަވަރުނަރުކަމުން ވަކިކުރުމުގެ މައްސަލައިގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމުގެ މަރުހަލާގައި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ހާޝިމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ އިގްތިޞާދީ ހާލަތު މިހާހިސާބަށް އައުމުގައި ހާޝިމްގެ ހިއްސާ އޮތްކަމަށް އެމެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު ހާޝިމް އެންމެ ފުރިހަމައަށް އަދާކުރެއްވިނަމަ ގައުމުގެ އިގްތިޞާދީ ހާލަތު މިހާހިސާބަށް ނާންނާނެކަމަށް އެމެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ.

ބަހުސް މަރުހަލާގައި އިދިކޮޅު އެމްޑީޕީ މެމްބަރުން ވަނީ ހާޝިމްގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ އިގްތިޞާދީ ހާލަތު މިހާހިސާބަށް އައީ ގަވަރުނަރު ޒިންމާ ނުނަންގަވައިގެން ނޫންކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް މިހާރު މިއުޅެނީ ސަރުކާރު ހިންގަން ތިބި ބަޔަކަށް އިގްތިޞާދު މެނޭޖްކުރަން ނޭންގިކަމަށް ވިދާޅުވަމުން ގެންދެވިއެވެ.

ހާޝިމް ގަވަރުނަރުކަމަށް އައްޔަނުކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ 8 ވަނަ ދުވަހުއެވެ. އޭގެކުރިން ހާޝިމް ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008ން 2010 ށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު