ރާއްޖޭގެ މާކެޓްގައި ތަޣައްޔަރުވެފައިވާ މާމުޔެއް ދައުރުވާތީ ސަމާލުވާން އެދިއްޖެ

އައިޝަތު ޝިއުރާ
22 Jul 2024
ހަބަރު

ރާއްޖޭގެ މާކެޓުގައި ދައުރުވަމުން އަންނަ، މާމުޔަކަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޑޮކްޓަރީ ބޭހުން ތަޣައްޔަރު ވެފައިވާ މާމުޔެއް ވިއްކަމުން ދާކަން އެ އޮތޯރިޓީއަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ބްލެކް ހޯސް ވައިޓަލް ހަނީ އަދި އެޓުމެކްސް ރޯޔަލް ހަނީ ފޯ ހިމް މާމުއިގައި ބޭހުގެ ދެ މާއްދާއެއް ކަމަށްވާ ޓަޑަލަފިލް އަދި ސިލްޑެނަފިލް ހިމެނޭކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ މީގެ ކުރިން 2022ވަނަ އަހަރު ވެސް މި މާމުތް ރާއްޖޭގައި ދައުރުވުމުން އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައިކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. މި އުފެއްދުމަކީ އޫއެސް އެފްޑީއޭއިން ވެސް ރައްކާތެރި ނޫންކަމަށް ފާހަގަކޮށްފައިވާ އުފެއްދުމެއްކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ، ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތުގައި ފުރާނައަށް ވެސް ނުރައްކާވާފަދަ ކަމެއްކަމަށެވެ.

އެހެންކަމުން މިފަދަ އުފެއްދުމެއް ބޭނުންކުރުމުން ލިބިދާނެ ސިއްހީ ގެއްލުމަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކާ މިފަދަ އުދެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމަކީ މަނާ ކަމެއްކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ކޮމެންޓް
Mariyam
ޖިލްބާބް ބަލާބަލަ އެތާގަ ތީތި ވިއްކާ އިނގޭތީ މިބުނީ އެތާގަ މަސައްކަތް ކުރި މީހަކައްވާތީ. ވަގައް ވިއްކަނީ
23 Jul 2024
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު