ސްކޮލަރޝިޕް ޙާޞިލް ކުރި ދަރިވަރުން، ކިޔަވަންދާއިރު ސަމާލުވަން ޖެހޭ ބައެއް ކަންތައްތަކުގެ މަޢުލުމާތު ދީފި

އަލީ އަޒްލީފް
22 Jul 2024
ހަބަރު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ކިޔަވަން ދާއިރު ސަމާލުވާން ޖެހޭ ބައެއް ކަންތައްތަކުގެ މަޢުލުމާތު ދެއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މޯލްޑިވިސް ނެޝަނަލް ޔުނިވާސިޓީ (އެމް.އެން.ޔޫ) ގައި ވަނީ ސެޝަނެއް ބާއްވާފައެވެ.

އެއްދުވަހުގެ މުއްދަތަށް މިއަދު ބޭއްވި ސެޝަންގައި ކެރިއަރ ގައިޑެންސާއި ކުރިމަގަށް ބޭނުންވާނެ ހުނަރުތައް ދެނެގަތުމުގެ ދާއިރާގައި ރާއްޖޭގެ މަޝްހޫރު ދެބޭފުޅެއްކަމުގައިވާ މުޙައްމަދު ޢާލިމްއާއި ޑރ. ސަނީ ޢުމަރާއެކު މަޝްވަރާކުރެވުނެވެ. އަދި އާޢިލާއާއި ދުރުގައި ހުރުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާއި ގުޅޭގޮތުން އެކަމުގެ ތަޖުރިބާކާރު ޙައްވާ ލީޝާއާއެކު މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ބޭރުން ތަޢުލީމު ހާޞިލުކުރި ދަރިވަރުންގެތެރެއިން، މި އަހަރުގެ ސްކޮލަރޝިޕްތައް ލިބުނު ގިނަ ދަރިވަރުން ދާން ބޭނުންވާ ތިންގައުމަކުން ކިޔެވި ބައެއް ދަރިވަރުންގެ ތަޖުރިބާތައް ޙިއްސާކުރެއްވިއެވެ. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ ކަމާ ގުޅުން ހުރި އެކަމަނާގެ ބައެއް ތަޖްރިބާތައް ޙިއްސާކުރައްވަމުން ފަށްޓަވައިދެއްވި މި ސެޝަންގައި މިނިސްޓްރީގެ ސްކޮލަރޝިޕް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ މަރްޔަމް ސަމްރަތު، އެ ސެކްސަނުން ދަރިވަރުންނަށް ދޭ ޚިދުމަތްތައް ފަސޭހަކަމާއެކު މި ދަރިވަރުންނަށް ލިބޭނެގޮތްތަކާގުޅޭގޮތުން މަޢުލުމާތު ދެއްވިއެވެ. މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ދޭ ޚިދުމަތްތައް ފަސޭހަކަމާއެކު މި ދަރިވަރުންނަށް ލިބޭނެގޮތްތަކާގުޅޭގޮތުން އެ އޮތޯރިޓީގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު މަޢުލުމާތު ދެއްވާފައިވެއެވެ.

މޯލްޑިވިސް ނެޝަނަލް ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ސެންޓްރަލް އޮޑިޓޯރިއަމްގައި މިއަދު ބޭއްވި މި ސެޝަންގައި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާގެ އިތުރުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްރަޙީމް ޙަސަނާއި، ޑރ. ޢަބްދުالله ފައިރޫޝާއި، އެހެނިހެން ބައެއް މުވައްޒަފުން ބައިވެރިވަޑައިގެންނެވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު