ގަވާއިދާ ހިލާފުވި ދެހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި

އަލީ އަޒްލީފް
22 Jul 2024
ހަބަރު

ގަވާއިދާ ހިލާފުވި ދެހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފިއެވެ. 

އިމިގްރޭޝަނުން ބުނީ 17 ނޮވެމްބަރު 2023 އިން 15 ޖުލައި 2024އާ ހަމައަށް 153 ތަނެއް ބަލާފާސްކޮށް، މިހާތަނަށް 2069 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން އެންމެ ފަހުން ހިއްސާ ކުރި މައުލޫމާތުތަކަށް ބަލާއިރު ހަށިވިއްކުމާއި ޑްރަގާއި ގޭންގް މާރާމާރީތަކުގެ އިތުރުން ކަޅު ބާޒާރުގައި ބޭރުގެ ފައިސާގެ މުއާމަލާތް ހިންގުމަށް ވެސް ގިނަ ޢަދަދަކަށް ބިދޭސީން ހަރަކާތްތެރިވަމުންދެއެވެ. މިފަދަ ބިދޭސީން އަތުލައިގަނެ، އިމިގްރޭޝަނުން ވަނީ އެފަދަ މީހުން މިހާރު ރާއްޖެއިން ޑީޕޯޓްކޮށްފައެވެ.

ނޮވެމްބަރު 2023 އިން 15 ޖުލައި 2024އާ ހަމައަށްކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދިޔަ 8 ބިދޭސީއަކާއި، ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 65 ބިދޭސީންގެ އިތުރުން ޑްރަގް އަދި ގޭންގް މާރާމާރީތަކުގައި އުޅުނު 141 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

އަދި އިމިގްރޭޝަނުން ބަލުމުންދާ އެކި މައްސަލަތަކުގައި ހޯދަމުންދިޔަ 15 ބިދޭސީންނާއި ވިސާ އަދި ލިޔެކިޔުމަށް ބަދަލު ގެނެސްގެން 9 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްސަ އޮންލައިން ޕްލެޓްފޯމެއް އިފްތިތާހުކޮށްފައެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓްކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު