މާލެގެ ފާމަސީތައް - ފޮޓޯ: ގޫގުލް

ރާއްޖެއިން ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ލިބޭނެގޮތް ހަދައިފި

އަލީ ޝާހީން
22 Jul 2024
ހަބަރު

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖެއިން ޔޫރަޕް ކޮލިޓީގެ ބޭސް ފަސޭހައިން ލެބޭނެގޮތް ހައިފިއެވެ. 

ޔޫރަފް ކޮލިޓީގެ ބޭސް ދެމެހެއްޓެނެވި ގޮތެއްގައި ދިވެހިންނަށް ލިބޭނެ "ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު" އެންސްޕާއިން ތަންފީޒުކުރަން މިހާރުވަނީ ފަށައިފައެވެ.

.

ސަރުކާރުން ހާމަކުރެއްވި ގޮތުގައި ބަލްކް ޕްރޮކިއުމެންޓަކީ ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫޠލް ޕްރޮކިއުމެންޓެއްގެ ތެރެއިން ބަލްކް ޕްރޮކިޔާކޮށް ރާއްޖެއަށް ގެނައުމަށް ފަށާ ޕްރޮޖެކްޓެއް ކަމަށެވެ.

މިއަދާ ހަމައަށްވެސް ހައްލު ނުވެ ގިނަބަޔަކު ޝަކުވާ ކުރަމުން އަންނަ އެއްކަމަކީ ރަނގަޅު ބޭސް ނުވަތަ ކޮލިޓީ ބޭސް ރާއްޖެއިން ނުލިބުމެވެ.  އަދި ރާއްޖެއިން ލިބޭ ބޭސްތައްވެސް ހެޔޮ އަގުގައި ނުލިބެއެވެ. އެކަން ހުއްޓުވަން އެއްވެސް ސަރުކާރަކަށް ވެސް އޮތީ ނުކެރިފައެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު މި ވަނީ އެ މުހިންމު ފިޔަވަޅު އަޅުއްވާފައެވެ. އެއީ، ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު ތަންފީޒުކުރަން ފެށުމެވެ.

ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ ހައްލެއް ނެތި ބޮއްސުންލާފައިވާ ޒަމާންވީ މައްސަލަ ހައްލު ކުރުން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ހާމަކުރެއްވި ގޮތުގައި މި ޕްރޮޖެކްތްގެ ދަށުން މި އަހަރު އެންމެ ފުރަތަމަ ޔޫރަޕް ކޮލެޓީގެ ހަތް ބޭހެއް ދައުރުކުރަން ފަށާނެ ކަމަށެވެ. އަދި އެއަށް ފަހު ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ފުރިހަމަކުރުމަށް ފަހު އިތުރުން ތިން ބޭހެއް ދައުރުކުރަން ފެށޭނެ ކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދެއް ކަމަށް ސަރުކާރުން ބުނަނީ އަސާސީ ހުރިހާ ބޭހެއް ރާއްޖޭން ލިބޭނެކަން ކަށަވަރުކުރުމެވެ. މިއަދުން ފެށިގެން އެސްޓީއޯގެ ފާމަސީތަކުން އެ ފެންވަރުގެ ހަތް ބޭހެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ އަދި ހެޔޮ އަގުގައި ކޮލިޓީ ބޭސް ދޫކުރަން ފެށުމުން އާސަންދާއަށް ބޮޑު ލުޔެއް ލިބޭނެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު