މިނިސްޓަރ ސައީދު އެމެރިކާ އަށް ވަޑައިގެންނެވުން -- ފޮޓޯ: ސަރުކާރު

އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މިނިސްޓަރ ސަޢީދުގެ އެމެރިކާއަށް ކުރެއްވި މުހިންމުި ދަތުރުފުޅު

އަލީ ޝާހީން
23 Jul 2024
ހަބަރު

އިޤްތިޞާދީ ގުޅުން ބަދަހި ކުރުމަށްޓަކައި މިނިސްޓަރ ސައީދު އެމެރިކާ އަށް މުހިންމު ދަތުރުފުޅެއް ކުރައްވައިފިއެވެ. 

މިނިސްޓަރ މުޙައްމަދު ސަޢީދު އެމެރިކާއަށް ވަޑައިގަތީ ވަރަށް މުހިންމު ސިޔާސީ މަޤްޞަދެއްގައެވެ. އެއީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ބަދަހިކުރުމަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތާވަލުގައި ހިމެނިފައިވަނީ އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމަށާއި އައު ގުޅުންތައް ޤާއިމުކުރުމަށް އަމާޒުކޮށްފައިވާ ތަފާތު ބައްދަލުވުންތަކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ސަޢީދު ޔޫ.އެސް. ޗެމްބަރ އޮފް ކޮމާސްއިން އިންތިޒާމުކުރި އިންވެސްޓްމަންޓް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގަނެފައިވެއެވެ. މި ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާގެ މުހިންމު ފަރާތްތައް ބައިވެރިވެ، ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްކުރުމާއި އިޤްތިޞާދީ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ.

މި ދަތުރުފުޅުގެ މުހިންމުކަން އިތުރަށް ފާހަގަކޮށްދެނީ މިނިސްޓަރ ސަޢީދާއި އެމެރިކާގެ ވިޔަފާރި ނައިބު ބްރެންޑަން ލިންޗް ބައިވެރިވެވަޑައިގެން ބޭއްވުނު ތިންވަނަ ބައްދަލުވުންކަމުގައި ވާތީއެވެ. މި ބައްދަލުވުމުގައި އަލިއަޅުވާލެވުނީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓް އެއްބަސްވުމުގެ މައްޗަށެވެ. ވޮޝިންގްޓަން ޑީ.ސީ.ގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ސަޢީދު ވިދާޅުވީ ދިވެހި ޑިޖިޓަލް ކޮންޓެންޓް ހަދާ ފަރާތްތަކާއި އާޓިސްޓުންނަށް ބައިނަލްއަޤްވާމީ ޕްލެޓްފޯމްއެއް ހޯދައިދިނުމަށް ދިވެހި ސަރުކާރުން އެހީތެރިވާނެ ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޑިއުޓީ ނުނަގާ އެމެރިކާގެ މާކެޓަށް ވެއްދުމަށް ވެސް އެދިވަޑައިގަތެވެ. މިއީ އެކްސްޕޯޓް ކުރުމުގެ ފުރުޞަތުތައް އިތުރުކުރުމަށް އަމާޒުކޮށްގެން ކުރެވުނު މަސައްކަތެކެވެ.

މީގެ އިތުރުން މިނިސްޓަރުގެ ދަތުރުފުޅުގެ އެންމެ މުހިންމު އަނެއް ބަޔަކީ ޑިޕާޓްމަންޓް އޮފް ސްޓޭޓްގައި ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރިޗަރޑް އާރ. ވަރމާއާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުންނެވެ. ޚާއްޞަކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ވަރުގަދަކުރުމާ ބެހޭގޮތުންނެވެ. މިނިސްޓަރ ސަޢީދު ވަރަށް ޝައުޤުވެރިކަމާއެކު ވިދާޅުވީ އެމެރިކާގެ އިންވެސްޓަރުންނާއެކު، ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު، ގުޅިގެން މަސައްކަތްކުރަން ބޭނުންފުޅުވާ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފާގަތި މުސްތަޤުބަލަކަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދުގެ މި ދަތުރުފުޅުން ދެ ޤައުމުގެ ސިޔާސީ ގުޅުމުގެެ އިތުރުން، ދެ ޤައުމަށް އިޤްތިޞާދީގޮތުން ފައިދާވާނެ ކަންކަމުގައި ޢަމަލީ އެއްބާރުލުމަށް މަގުފަހިވެގެންދިޔައެވެ. ދިވެހިރާއްޖެއިން ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރަމުންދާއިރު، މި ދަތުރުފުޅަކީ އެ އުންމީދުތައް ޙާޞިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު