އާބާދީއަށް އަންނަމުން މިދާ ބަދަލުތަކަށް ދުރާލާ ތައްޔާރުވާން ޖެހޭ

އައިޝަތު ޝިއުރާ
23 Jul 2024
ހަބަރު

ޤައުމުން ލިބެންހުރި ވަސީލަތްތަކާއި ނަފާ ބޭނުންކޮށްގެން އާބާދީއަށް އަންނަމުން މިދާ ބަދަލުތަކަށް ދުރާލާ ތައްޔާރުވާން ޖެހޭކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް" މި ތީމުގެ ދަށުން ބޭއްވުނު 11 ވަނަ ފައިނޭންސް ފޯރަމްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން، ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، ދުވަސްވީ އާބާދީއަކަށް ތައްޔާރުވުމަކީ މިހާރުއްސުރެ އަޅުގަނޑުމެން ފަށަންޖެހޭ މަސައްކަތެއް ކަމަށާއި، އަޅުގަނޑުމެންގެ ޤައުމުން ލިބެންހުރި އިންސާނީ ވަސީލަތްތަކާއި ޤައުމަށް ލިބެންހުރި އާމްދަނީ އަދި ނަފާ ބޭނުންކޮށް މިހާރުއްސުރެން މަސައްކަތްކޮށްގެން މި ގޮންޖެހުންތަކަށް ފުރިހަމައަށް ތައްޔާރުވެވިއްޖެނަމަ، މިއީ ޤައުމުގެ އިޤުތިސާދީ އަދި އިޖުތިމާޢީ ދުވެލި އާ މިސްރާބަކަށް ބައްޓަން ކުރުމަށް ލިބޭ ޚާއްސަ ފުރުޞަތެއްކަމަށެވެ.

އޭގެ އިތުރުން 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް މި ވަގުތު އެބަ އޮތް ކަމަށާއި، މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ކަމާގުޅޭ އެންމެހާ ފަރާތްތަކަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ހެޔޮވެރިކަމާއި، ދެފުށްފެންނަ ސިޔާސަތެއްގެ ތެރެއިން އިޤްތިޞާދީ، އިޖުތިމާޢީ އަދި އީޖާދީ މަގުޗާޓަކާއެކު، ޒުވާން އާބާދީ ކުރިއެރުވޭނެ ހިތްވަރާއި ޤާބިލުކަން ރާއްޖޭގައި ހުރިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ޒުވާން މަސައްކަތްތެރިން ކުރިއަރުވާ، އެފަރާތްތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރު ތަރައްޤީ ކުރެވޭނެ ގޮތްތައް ރާވައި، ޒުވާނުންނަށް ފަހި ވަޒީފާގެ ފުރުސަތުތަކުގެ ތެރެއިން އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ޒުވާނުންނަކީ މާލީ ގޮތުން ޒިންމާދާރު، މަސައްކަތްތެރި، އަދި ގައުމީ ކުރިއެރުމަށް ޖޯޝާއެކު މަސައްކަތްކުރާ ބަޔަކަށް ހެދިދާނެކަން ވަޒީރު ވިދާޅުވިއެވެ.

މިގޮތުން މި ޒުވާން އާބާދީގެ ބޭނުން ފުރިހަމައަށް ކުރުމަށް މި ސަރުކާރުން ދަނީ ރޭވުންތެރިކަމާއެކު އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، ޒުވާނުންނަކީ މިއަދުގެ ލީޑަރުން ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި އެންމެހައި މަސައްކަތްތަކުގެ ސަބަބުން ޤައުމުގެ އިޤުތިޞާދަށާއި އިޖުތިމާޢީ ފޭރާމަށް އަންނާނެ 'މަލްޓިޕްލަޔަރ އިފެކްޓް' ވަރަށް ބޮޑުވާނެ ކަމުގެ ޔަޤީންކަން ވަޒީރު އެރުވިއެވެ.

ކުރުނބާ މޯލްޑިވްސްގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށްގެންދާ މިއަހަރުގެ މި ފައިނޭންސް ފޯރަމްއަކީ ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ޤާއިމްކުރުމަށް މުހިންމު މަޝްވަރާތަކެއް ކަމާގުޅުންހުރި ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުން އަދި ގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ މަންދޫބުންގެ މެދުގައި ކުރިއަށްދިޔަ ފޯރަމެކެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު