އެމް.އެން.އެސް.ޑީ.އޭ އިން އެމް.އައި.ޓީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު ޝިއުރާ
23 Jul 2024
ހަބަރު

މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކޮލެޖް (އެމް.އައި.ޓީ) އާއި ދެމެދު ނެޝަނަލް އެޕްރެޓެންސްޝިޕް ޕްރޮގްރާމް އަދި ނެޝަނަލް ޓްރޭޑްޓެސްޓިންގ އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން ތަމްރީނު ފޯރުކޮއްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަހުގެ 22 ވީ ހޯމަ ދުވަހު އެމްއެންއެސްޑީގައި މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ) ކޮލެޖްގެ މެނޭޖަރ އަލްފާޞިލް އިބްރާހިމް ހަސަނެވެ. މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ(އެމްއެންއެސްޑީ)ގެ ފަރާތުން ސޮއެކުރެއްވީ އެ އިދާރާގެ ސީ.އީ.އޯ، ޑރ. ޒަހްރާ މުޙައްމަދެވެ.

2008 ވަނަ އަހަރުން ފެށިގެން ޤައުމީ ފެންވަރުގައި ތަމްރީނުތައް ފޯރުކޮއްދެމުން އަންނަ އެމްއައިޓީ ކޮލެޖުން ވަނީ 47 ޕްރޮގްރާމެއް އެމް.އެން.އެސް.ޑީ.އޭގައި ރަޖިސްޓަރ ކޮއްފައެވެ. އެގޮތުން، ރަސްމީ ނިޒާމުގެ ތެރެއިން ނެޝަނަލް އެޕްރެޓެސްޝިޕް ހިންގުމަށް 9 ޖޫން 2022 ގައި ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން، 361 ދަރިވަރުން ވަނީ ތަމްރީނު ހާޞިލުކޮއްފައެވެ. އަދި 30 ޖަނަވަރީ 2023 ސޮއެކުރެވުނު އެއްބަސްވުމަށްފަހު، ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން 70 ދަރިވަރުން ވަނީ ސެޓްފިކެޓް ހާޞިލުކޮއްފައެވެ.

މި ދެ ޕްރޮގްރާމްގެ މަޤްސަދަކީ ޒުވާނުންގެ ހުނަރު އިރުތުކުރުމާއި ވަޒީފާގެ ބާޒާރުގައި މީހުން އުފެއްދުމެވެ. އެގޮތުން، ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން އެކި ދާއިރާތަކުގެ އެކި މަސައްކަތްތަކާއި ގުޅޭ ތަފާތު ހުނަރުތައް ހުރި ބޭފުޅުންނަށް ރަސްމީ ތަޢުލީމި ނިޒާމަށް ވަދެ، އެދާއިރާއިން ސަނަދު ހާޞިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު