23 ސްކޫލެއްގެ ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުންނަށް މަތީ ޘާނަވީގެ ފުރުޞަތު ދެނީ!

އަލީ އަޒްލީފް
23 Jul 2024
ހަބަރު

މުޅިން އަލަށް 23 ސްކޫލެއްގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އޭލެވެލް އަށް ކިޔެވެމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) ގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ، ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ އަހަރަކުވެސް އެތަށް ހާސް ދަރިވަރުން ތަޢުލީމު ހާޞިލުކުރާއިރު، މަތީ ފެންވަރުގެ ޔުނިވަރސިޓީތަކަށް ވަދެވޭ މިންވަރަށް 2500 އެއްހާ ދަރިވަރުން ފާސްނުކުރެވޭ ކަމަށެވެ. މިކަން ބަދަލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށް، އޭލެވެލް ނިންމާ ދަރިވަރުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމުގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވި ގޮތުގައި މަތީ ޘާނަވީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭލެވެލް އަށް ވަދެވޭ ކްރައިޓީރިއާގައިވާ 5 މާއްދާ ނުވަތަ 3 މާއްދާއިން ފާސްނުވުމެވެ.

"އަޅުގަނޑުމެންގެ ޓީމުން މަޝްވަރާކޮށް، އަދި ރައީސްއާ ވެސް މިކަމާ މަޝްވަރާކުރެވި، އަޅުގަނޑުމެން ނިންމީ 2 މާއްދާއިން ފާސްވިޔަސް އޭލެވެލް ކިޔެވުމުގެ ފުރުޞަތު ދޭން. އަދި ސްކޫލުގައި ޖާގަހުރި ނަމަ، އެންމެ މާއްދާއަކުން ފާސްވިޔަސް އެޑެކްސެލް އޭލެވެލް އަށްކިޔެވުމުގެ ފުރުޞަތު އެ ދަރިވަރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަހިކޮށްދޭނަން،" މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ ސެޕްޓެންބަރު މަހުގެތެރޭގައި އަލަށް އޭލެވެލް އަށް ކިޔަވައިދޭން މިފަށާ 23 ސްކޫލުން ލިބޭ ނަތީޖާގެ މައްޗަށް ބުރަވެ، އިތުރު ސްކޫލުތަކުގައި މި ޕްރޮޖެކްޓް ފުޅާކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު