ޣައްޒާ

އަލް މަވާސީއަށް އިސްރާއީލުން ދިން ހަމަލާއަކީ ހަމާސްްގެ ލީޑަރަކަށް އަމާޒުކޮށްދިން ހަމަލާއެއް ނޫން: ހަމާސް

އައިޝަތު ޝިއުރާ
13 Jul 2024
ދުނިޔެ

އިސްރާއީލުން "ސޭފް ޒޯން"ގެ ގޮތުގައި ކަނޑައަޅާފައިވާ އަލް މަވާސީ އަށް ދިން ހަމަލާއަކީ އެސަރަހައްދުގައި ތިބި ހަމާސްގެ ސީނިއަރ ބަޔަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނި ބުނުން ހަމާސް އިން ދޮގުކޮށްފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ޣައްޒާގެ ދެކުނުގައި އޮންނަ އަލް މަވާސީއަށް ނިރުބަވެރި ޔަހޫދީން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 71ށް އަރާފައިވާކަމަށެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 289ށް އަރާފައިވާކަމަށެވެ.

ޣައްޒާގެ ސިވިލް ޑިފެންސްގެ ސްޕޯކްސްޕާސަން އަލް ޖަޒީރާއަށް ދިން އިންޓަރވިއުއެއްގައި ބުނީ އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ހަމަލާތައް ދީފައިވަނީ އެސަރަހައްދުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެމުން އަންނަ ޓެންޓްތަކަށާއި ފެން ދޫކުރާ ތަނަކަށްކަމަށެވެ.

މިހަމަލާތަކުގައި އެތައް ބަޔެއްގެ ފުރާނަ ގެއްލިގެންދިޔުމުގެ ސަބަބުން އިސްރާއީލަށް ބައިނަލްއަގްވާމީ ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެއާއެކު އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެސަރަހައްދަށް އަމާޒުކޮށް ހަމަލާދިނީ އެސަރަހައްދުގައި ހަމާސްގައި ސީނިއަރ ދެ މީހުން ތިބިކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެންކަމަށެވެ. އަދި އެސަރަހައްދުގައި އެހެން ހަނގުރާމަވެރިންވެސް ތިބިކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެއެވެ.

އިސްރާއީލު އަސްކަރިއްޔާގެ ބަޔާނާ ގުޅިގެން ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ މިީ އިސްރާއީލުން ހިންގާ ގަތުލުއާންމުތައް ފޮރުވުމަށް ހަދަމުންދާ ދޮގުތަކަށް އިތުރުވެގެންދިޔަ ދޮގެއްކަމަށެވެ. ހަމާސްގެ ޕޮލިޓިކަލް އޮފީހުގެ މެމްބަރެއްކަމުގައިވާ އިއްޒަތު އަލް ރަޝާގު ރޮއިޓަރސް އާ ވާހަކަދައްކަމުން ބުނީ ހަމާސްގެ އިސް ބަޔަކަށް އަމާޒުކޮށް ހަމަލާ ދިންކަމުގައިވިޔަސް މިހާ ގިނަ އަދަދެއްގެ ގެދޮރު ގެއްލިފައި ތިބި ބަޔަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

ހަމާސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޚާން ޔޫނުސްގައި އޮންނަ އަލް މަވާސީ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ 80،000 މީހުން ދިރިއުޅެމުން އަންނަކަމަށާއި އެސަރަހައްދަށް އަމާޒުކޮށް ޔަހޫދީ ޒަޔަނިސްޓުން މިހަމަލާ ދިނުމުން ސާބިތުވަނީ ޔަހޫދީން މަސައްކަތްކުރަނީ ނަސްލު ނައްތާލަންކަން ކަމަށް ހަމާސް އިން ބުނެއެވެ. އަދި މިއީ ރޭވިގެން އިންތިޒާމުކުރެވިގެން ހިންގަމުންދާ ގަތުލު އާންމެއް ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

އަލް މަވާސީ އަކީ އިސްރާއީލުން މީގެކުރިންވެސް ހަމަލާތައް ދީފައިވާ ސަރަހައްދެކެވެ. އެގޮތުން މެއި މަހުގެ ތެރޭގައި އިސްރާއީލުން އެ ސަރަހައްދަށް ދިން ހަމަލާފައި 21 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު