ސަރުކާރުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުކޮށް އިޖުތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުން: ވަޒީރު

އަލީ އަޒްލީފް
23 Jul 2024
ހަބަރު

ސަރުކާރުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން "ހާމަނައިޒްޑް" އިޖުތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް" މި ތީމުގެ ދަށުން ބޭއްވުނު 11 ވަނަ ފައިނޭންސް ފޯރަމްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން، ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވެފައިވަނީ އިޖުތިމާޢީ ރައްކާތެރިކަމަކީ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެއްކަމާއި، މި ހައްޤުން ކަށަވަރުކޮށްދެނީ އެއްވެސް ފަރާތެއް ބާކީ ނުކުރުމުގެ ސިޔާސަތުކަމަށެވެ.

މިގޮތުން ކުޑަކުދިންނާއި، ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުން އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން އެންމެހާ ދިވެހިންނަކީ މުޖުތަމަޢުގައި ފުރިހަމައަށް ހިއްސާވާ، އަބުރުވެރިކަމާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ހައްޤު އޮތް ބަޔަކަށް ހެދުމަކީ މި ސިޔާސަތުން ކަށަވަރުކޮށްދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރުގެ އާބާދީއަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އަމާޒަކީ އިސްރަށްވެހިން ހިމެނޭހެން ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އަދި އެފަދަ ހާލަތަށް ހުށަހެޅިދާނެ ފަރާތްތަކަށް އަމާޒުކޮށްގެން އިންސާފުވެރި، ދެމެހެއްޓެނިވި އަދި އެކަށީގެންވާ އާމްދަނީއެއް ލިބޭނެގޮތް މަގުފަހިވާނެފަދަ، ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ހުރިހާ ރައްޔިތުންނަށް ދިމާވާ އިޤްތިޞާދީ، އިޖުތިމާޢީ ލޮޅުންތަކާއި ޤުދުރަތީ ކާރިޘާ ތަކުން ރައްކާތެރިކޮށްދޭނެ "ހާމަނައިޒްޑް" އިޖްތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކޮށް ތަންފީޒުކުރުންކަން ވަޒީރު ވިދާޅުވިއެވެ.

މިފަދަ ނިޒާމެއް ޤާއިމުކޮށް ރާވައި ހިންގުމުގެ މައިގަނޑު އެއްމަޤުޞަދަކީ މި ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދު؛ އެއްވެސް ފަރުދަކު ބާކީނުކޮށް ހުރިހާ ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެބޭނުންވާ އެހީތައް އެކަމަށް ކަނޑައެޅޭ ވަގުތުގައި ފޯރުކޮށްދިނުމުގެ އަމާޒު އެންމެ ފުރިހަމައަށް ހާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޤާއިމުކުރެވޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް މަގުދައްކައިދޭނެ އޮނިގަނޑެއްކަމަށައި، މި ނިޒާމުގެ މައިގަނޑު ބަހާތައްކަމަށްވާ އިޖްތިމާޢީ އެހީ، އިޖުތިމާޢީ އިންޝުއަރެންސް އަދި އިޖުތިމާޢީ ޚިދުމަތްތަކަކީ ރައްޔިތުންނަށް ދިމާވާ އަދި ދިމާވެދާނެ އެކިކަހަލަ ލޮޅުންތަކުން ރައްކާތެރިކުރުމަށް ދުރާލާ ތައްޔާރުވުމަށް އެކުލަވާލެވޭ ޕްރޮގްރާމްތަކެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެގޮތުން ޕެންޝަނަކީ މި ބަހާތަކުގެ ތެރެއިން އިޖުތިމާޢީ އެހީ، އިޖުތިމާޢީ އިންޝުއަރެންސް ހާޞިލުކުރުވޭނެ މައިގަނޑު އެއް ތަނބު ކަން ފާހަގަކުރައްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، މި ނިޒާމުގެ އަނެއް ބަހާކަމުގައިވާ އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ " ހާލު ކިހިނެއް" އަދި "އިބަމަ" ޕްރޮގްރާމަކީ މުޖުތަމަޢުގައި ތިބި ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށެވެ.

އަދި މި މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން، އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންނަށް ދިމާވާ އިޖުތިމާޢީ މައްސަލަތައް ކަންބޮޑުވާ ހިސާބަށް ދިއުމުގެ ކުރިން އެފަދަ މައްސަލަތައް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އަޅައި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ފަދަ ގޮތަކަށް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރުނބާ މޯލްޑިވްސްގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށްގެންދާ މިއަހަރުގެ މި ފައިނޭންސް ފޯރަމްއަކީ ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ޤާއިމްކުރުމަށް މުހިންމު މަޝްވަރާތަކެއް ކަމާގުޅުންހުރި ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުން އަދި ގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ މަންދޫބުންގެ މެދުގައި ކުރިއަށްދިޔަ ފޯރަމެކެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު