ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ރަސްމީ ދަތުރުފުޅެއްގައި ލ. އަތޮޅަށް

އައިޝަތު ޝިއުރާ
24 Jul 2024
ހަބަރު

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަސައްކަތްތަކާއި ގުޅިގެން، މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ވަނީ ލ.އަތޮޅަށް ވަޑައިގަންނަވައިފައެވެ.

މި ޖުލައި މަހުގެ 23 ވަނަ ދުވަހުން 25 ވަނަ ދުވަހަށް ރޭވިފައިވާ މި ދަތުރުފުޅުގައި، މިނިސްޓަރ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ލ.ގަން އަދި ލ.ފޮނަދޫއަށެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި މިނިސްޓްރީގެ ދަށުން ހިންގާ ޖޮބް ސެންޓަރުތަކަށް ޒިޔާރަތް ކުރައްވައި،އެ ސެންޓާރުތަކުގެ ހާލަތު ބައްލަވައި، ލ. އަތޮޅުގައި ހުރި މަތީ ތަޢުލީމު ދޭ އިދާރާތަށް ކަމުގައިވާ އެމް.އެން.ޔޫ އަދި އައި.ޔޫ.އެމްގެ ކެންޕަސްތަކަށް ޒިޔާރާތްކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ލ. އަތޮޅު ކައުންސިލާއި، ލ.ފޮނަދޫ އަދި ލ.ގަން ކައުންސިލަށް ޒިޔާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ލ. އަތޮޅަށް ޙާއްސަކޮއްފައިވާ ވަޢުދުތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާއި ގުޅުންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ ވަނީ ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް ނިންމަވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު