މިނިސްޓަރ އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާޙަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ފަށާފައި:ވަޒީރު

އައިޝަތު ޝިއުރާ
24 Jul 2024
ހަބަރު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަ ބަދަލުތަކަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯއްދެއްވުމަށް ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީން ފަށައިފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިނިސްޓްރީގެ ފަރާތުން މި ކަމުގައި ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހަމަކުރެއްވުމަށް މިނިސްޓްރީގެ ފޭސްބުކް ޕޭޖްގައި އާންމުކުރެއްވި ވީޑިއޯއެއްގައެވެ. އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކާއި ގުޅޭގޮތުން ޤައުމީ ޔުނިވަރސިޓީން މިހާރު ކުރިއަށް ގެންދަވައި ދިރާސާ ނިމުމަކަށް އައިސްފައި ވާކަމަށާއި އަދި އެ ދިރާސާ ނިމުމުން އެ ކަމާއި މެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ފަށައިފައިވާ ކަމަށެވެ.

"ރައްޔިތުންނާއި ހަމައަށް އެ ކަމާ ބެހޭ މަޝްވަރާތައް ފެށުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް އަޅުގަނޑުމެންގެ މިނިސްޓްރީން މި ވަނީ ފަށައިފައި އަޅުގަނޑުމެންގެ އަމާޒަކީ ލާމަރުކަޒީ މުޅި ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް އަދި ޚާއްޞަ ގޮތެއްގައި ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ އެ ކަމުގައި ރައްޔިތުންނަށް ފެންނަ ފުރިހަމަ ޚިޔާލުތައް ފުޅާދާއިރާއެއްގައި ހޯދުމުގެ މަސައްކަތްކުރުން" މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިރާސާ ނިމޭ ހަފުތާ ތެރޭގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފެށިގެން ކުރިއަށް ގެންދަވާނެ ކަމުގައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު