ޚާން ޔޫނުސްއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހެއް ހޮސްޕިޓަލަށް ގެންނަނީ

ޚާން ޔޫނުސް އަށް އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް

އައިޝަތު ޝިއުރާ
24 Jul 2024
ދުނިޔެ

ޚާން ޔޫނުސްގެ އިރުމަތީ ސަރަހައްދުގައި އުޅޭ މީހުން އެހެން ހިސާބުތަކަށް ބަދަލުވުމަށް އިސްރާއީލުން އެންގުމަށްފަހު ވަރުގަދަ ހަމަލާތަކެއް އެސަރަހައްދަށް އިސްރާއީލުން އަމާޒުކުރަން ފަށައިފިއެވެ. 

ތިން ދުވަހުގެ މުއްދަތަށް މިހަމަލާތައް ދިގު ދެމިގެންގޮސްފައިވާއިރު ޚާން ޔޫނުސްގައި ދިރިއުޅޭ އެތައް ބަޔަކަށް ފެނާއި ކާނާއި ފޯރުކޮށްދޭނެ ގޮތެއް ނެތްއިރު އެމީހުންނަށް އެހިސާބު ދޫކޮށް ދެވޭނެ ގޮތެއްވެސް ނެތެވެ. ޚާންޔޫނުސްގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ބުނާގޮތުގައި ޚާން ޔޫނުސްގައި ޚިދުމަތްދެމުންދާ ހަމައެކަނި ހޮސްޕިޓަލުކަމުަގައިވާ ނަސްރު ހޮސްޕިޓަލަށް މިވަގުތު ވަނީ ވަރަށް ބޮޑަށް ލެއަށް ބޭނުންވެފައެވެ. އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޒަޚަމްވަމުންދާ މީހުން ކޮންމެ މިނެޓަކު އެހޮސްޕިޓަލަށް އަންނަނީ ގެންނަމުންނެވެ. 

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުން އަންނަ ފަރާތްތަކަށްވެސް އެސަރަހައްދަށް ނުދެވޭކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެއެވެ. އެހެންކަމުން ޒަޚަމްވާ މީހުންނާ ޝަހީދުވާ މީހުންގެ އަދަދު އެތައް ގުނައެއް މަތިވާނެކަމަށް ވަނީ ބެލެވިއެވެ. ޣައްޒާގެ ސިވިލް ޑިފެންސުން ހާމަކޮށްފައިވާ ގޮތުގައި ޚާން ޔޫނުސް އަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 121 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. 

ވައިގެ މަގުންނާއި އެއްގަމު މަގުން "ސޭފް ޒޯން" ށް ދިޔުމަށް މަސައްކަތްކުރާ ކޮންމެ މީހަކަށް އިސްރާއީލުން އަންނަނީ ހަމަލާދެމުންކަމަށް ނޫސްވެރިޔާ ބުނެއެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު