އދ. މާމިގިލީ ކައުންސިލާ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފި

އަލީ އަޒްލީފް
25 Jul 2024
ހަބަރު

އދ. މާމިގިލީ ކައުންސިލާ ވަޒީރު އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފިއެވެ. އިއްޔެ މި ވުޒާރާގައި އޮތް މި ބައްދަލުވުމުގައި އެ ކައުންސިލުގެ ބައެއް ކަންބޮޑުވުންތައް ވަޒީރާ ހިއްސާކުރައްވަައިފައި ވެއެވެ.

އެ ގޮތުން މި ބައްދަލުވުމުގައި އެ ކައުންސިލަށް ފަޅުރަށެއް ބޭނުންވާ ކަމަށާ، އެ ކަން އަވަސް ތާރީޚެއްގައި ހަމަޖައްސަވައި ދެއްވުމަށް ވަޒީރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެ ކައުންސިލުގެ ބޭފުޅުން ވިދާޅުވީ އެ ރަށަކީ މި ވަގުތު ގާތްގަނޑަކަށް 5000 މީހުން ދިރިއުޅޭ ރަށަކަށް ވާތީ ޞިއްޙީ މަރުކަޒުން ލިބޭ ޚިދުމަތްތައް މިހާރަށް ވުރެ ރަނގަޅުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެ ގޮތުން 2022 ވަނަ އަހަރު އިޢުލާންކުރި އެ ރަށު ހޮސްޕިޓަލް އިމާރާތުގެ މަސަައްކަތް މިހައިތަނަށް އައި އިރު ވެސް ނުފެށި ވާތީ، އެ ކަން އަވަސް ވާނެ ގޮތް ވޭތޯ ބައްލަވައި ދެއްވުމަށް ވެސް ވަޒީރު އަރިހުން އެދި ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މާމިގިލި ހިމެނޭ ކުލަސްޓަރގެ ވެރިން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު