ހެޕިނެސް އިންޑެކްސް އެކުލަވައިލުމުގެ ޢަމަލީ މަސައްކަތް ފެށިއްޖެ

އަލީ އަޒްލީފް
25 Jul 2024
ހަބަރު

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ހެޕިނެސް އިންޑެކްސް އެކުލަވައިލުމުގެ ދިރާސާ މަސައްކަތް ޙަވާލުކޮށްފައިވާ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން، މި މަސައްކަތް ރަސްމީ ގޮތުން ފެއްޓީ އިއްޔެ އެ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރާއި، އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރާއި، މި މަސައްކަތުގެ ވިލަރެސް ވެރިންނާއި، އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ ވެރީންނާއި، ނ. އަތޮޅު ކައުންސިލުގެ ރައީސާއި، މި ވުޒާރާގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ހެޕިނެސް އިންޑެކްސްއަކިީ އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ބަލައި، އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ އިންޑެކްސްއެކެވެ. ހެޕިނެސް އިންޑެކްސް އާންމުކުރުމަކީ މިހާރަކަށް އައިސް ދުނިޔޭގައި އާންމުކޮށް ކޮންމެ އަހަރަކު ކުރަމުން އަންނަ ކަމެކެވެ. އާންމުކޮށް ދުނިޔޭގައި މި ކަން ބަލައި އުޅެނީ 10 ދާއިރާއަކަށް ބަލައިގެންނެވެ. ދުނިޔޭގެ ހެޕިނެސް އިންޑެކްސްގައި މި ވަގުތު އެންމެ ކުރީގައި އޮތީ ފިންލެންޑެވެ.

ހެޕިނެސް އިންޑެކްސްގައި ބަލައިލާ ދާއިރާތައް:

1. ނަފުސުގެ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން

2. ޖިސްމުގެ ނުވަތަ ޖިސްމާނީ ދުޅަ ހެޔޮކަން

3. ދިރިއުޅުމުގެ އެންމެހައި ދާއިރާތަކަށް ވަގުތު ދެވޭ މިންވަރު

4. ކަނަކަން ދަސްކުރުމަށާއި، ފަންނުވެރިކަމާއި، ޘަޤާފީ ކަންކަން ކުރުމަށް ފުރުޞަތުލިބުން.

5. މުޖުތަމައުގެ ގުޅުން ނުވަތަ އެއްބައިވަންތަކަން

6. އިޖުތިމާޢީ އެހީތެރިކަން

7. ތިމާވެށްޓާ ގުޅުން އޮންނަ މިންވަރު

8. ސަރުކާރާ މެދު ދެކޭ ގޮތް

9. ދިރިއުޅުމުގެ ފެންވަރު

10. ކުރާ މަސައްކަތްތަކަށް ހިތްހަމަޖެހުން ލިބޭ މިންވަރު

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ކުރަމުންދާ މި ދިރާސާ ކުރިޔަށް އޮތް 6 މަހެއްހައި ދުވަސްތެރޭ ނިންމާ ލެވޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު